ސާކް ކޮވިޑް-19 އިމަޖެންސީ ފަންޑުގެ ދަށުން ޕާކިސްތާނުން ރާއްޖެއަށް ފައިސާގެ އެހީ ދީފި

ސާކް ކޮވިޑް-19 އިމަޖެންސީ ފަންޑުގެ ދަށުން ޕާކިސްތާނުން ރާއްޖެއަށް ފައިސާގެ އެހީ ދީފި އެވެ.

އެގޮތުން ޕާކިސްތާނުން ސާކް ކޮވިޑް-19 އިމަޖެންސީ ފަންޑުގެ ދަށުންރާއްޖެއަށް ދީފައިވަނީ 5،958،781.44 ރުފިޔާ (386،432 ޑޮލަރު) ގެ އެހީ އެވެ.

އިޝްތިހާރު Below Header ad

މިނސްޓްރީ އޮފް ފޮރިން އެފެއަރޒްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝަހިދުއަށް ފައިސާ އެހީގެ ރަމްޒީ ޗެކް ދެއްވީ ޕާކިސްތާންއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރް މުޚްތާރު އެވެ.

ސާކް ކޮވިޑް-19 އިމަޖެންސީ ފަންޑަކީ މާރޗް 2020 ގައި ސާކް ގައުމުތަކުގެ އިސްވެރިން ބޭއްވި ސާކް ހެޑް އޮފް ސްޓޭޓްސް އެންޑް ގަވަމެންޓްސްގެ ވަރޗުއަލް ސަމިޓްގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އުފައްދާފައިވާ ފަންޑެކެވެ.

ސާކް ގައުމުތަކުގެ މެދުގައި ފައިސާގެ އެހީދެއްވައިގެން އުފައްދާފައިވާ މިފަންޑުގެ ބޭނުމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ސައުތު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ދިމާވާ ދަތިތަކާއި ހީނަރުކަމުން އަރައިގަތުމަށް އެ ސަރަހައްދުގެ ގައުމުތަކަށް އެހީވުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ ޝާހިދުވަނީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ބަހައްޓާ ޚާއްސަ އަދި ގާތްގުޅުން ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންއަށާއި އެގައުމުގެ ސަރުކާރާއި ރައްޔިރުންނަށް ޝުކުރުދަންނަވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.