ދެ ވަނަ ލެގުންވެސް ޒެފްރޯލް ބަލިކޮށް ވިކްޓްރީ ފުރަތަމަ ޑިވިޝަނަށް !

ޒެފްރޯލްއާ ދެކޮޅަށް ކުޅުނު ދެ ވަނަ ލެގުގެ މެޗުވެސް ކާމިޔާބުކޮށް 7-1 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދާ އުރީދޫ ދިވެހި ޕްރިމިއާ ލީގުން ވިކްޓަރީ ސްޕޯޓްސް ކުލަބުން ޖާގަ ކަށަވަރު ކޮށްފިއެވެ.

ޒެފްރޯލްއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ މެޗު 0-4 ގެ ނަތީޖާއިން ކާމިޔާބުކުރި އިރު ދެވަނަ ލެގުގެ މެޗު ކާމިޔާބުކުރީ 1-3 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޕްލޭއޮފް ދެވަނަ މެޗުގައި ރޭ ޒެފްރޯލް އާ ވާދަކޮށް ވިކްޓަރީ މޮޅުވިއިރު އެޓީމުންބފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 35 ވަނަ މިނެޓުގައެވެ.

ވިކްޓްރީގެ ދެ ވަނަ ލަނޑު މެޗްގެ 41 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަހްމަދު ރިޒުވާން އިސްމާއީލްއެވެ.

ވިކްޓްރީގެ ތިން ވަނަ ލަނޑު 82 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި ބިދޭސީ ކުޅުންތެރިޔާ ގޮޑްފުރޭ ވެސްޓެވެ.

ވިކްޓްރީ ޕްލޭއޮފް ކުޅެން ޖެހުނީ ދިވެހި ޕްރިމިއާ ލީގްގެ ތާވަލު ހަތް ވަނައިގައި އޮވެ ލީގު ނިންމާލަން ޖެހުމުންނެވެ.

ވިކްޓްރީ ދެން ކުޅެންޖެހޭނީ އެފްއޭ ކަޕް ކްއާޓާ ފައިނަލް މެޗެވެ. މި މެޗުގައި އަންނަ ބުދަ ދުވަހު ވިކްޓްރީ ބައްދަލުކުރާނީ ކުލަބު ވެލެންސިއާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.