
ވާދޫގައި އިމާރާތްކުރާ މިސްކިތުގެ ނުނިމި ހުރި މަސައްކަތް ބަޔަކާއި ހަވާލުކޮށްފި
ރ. ވާދޫގައި އަލަށް އިމާރާތްކުރަމުންދާ މިސްކިތުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑާއި ހަވާލުކޮށްފި އެވެ.
މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ މިއަދު އެވެ.
4.3 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގަ އެވެ.
މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. ހަައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ހަބީބެވެ.