ޚަބަރު ފީތާ

28 ފަސެންޖަރުންނާއެކު ދަތުރުކުރި ރަޝިޔާ މަތިންދާބޯޓެއް މޫދައް ވެއްޓިއްޖެ

ރަޝިޔާގެ އިރުމަތިން ކަމްޗަޓްކާ ޕެނިންސުލާއިން ދަތުރުކުރި މަތިންދާބޯޓެއް މޫދަށް ވެއްޓިއްޖެއެވެ.

ރަޝިޔާގެ އިމަޖެންސީ މިނިސްޓްރީއިން ބޭރުގެ މީޑިއާތަކަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، 28 މީހުންނާއެކު ދަތުރުކުރި މި ބޯޓު ކަމްޗަޓްސްކީއިން ޕަލަނާއަށް ދަތުރު ފެށިތާ މާގިނައިތުރަކެއް ނުވެ އެއާ ޓްރެފިކް ކޮންޓްރޯލާއި ވަނީ ގުޅުން ކެނޑިފައެވެ. އެއަށްފަހު ބޯޓަށް ވީގޮތެއް ވަނީ ނޭނގިފައެވެ.

ބޯޓަށް ވީނުވީއެއް ނޭނގި ގެއްލުނުއިރު ބޯޓުގައި 22 ފަސެންޖަރުންނާއި 6 ކްރޫ މެމްބަރުން ތިބިކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ. މިހާދިސާއާއި ބެހޭގޮތުން އޭ.އެފް.ޕީއަށް މަޢުލޫމާތު ދެމުން ރަޝިޔާގެ ދަތުރުފަތުރާއިބެހޭ ވުޒާރާގެ ތަރުޖަމާނު ވެލެންޓީނާ ގްލެޒޯވާ ބުނެފައިވަނީ، މީހުން ހޯދާ ސަލާމަތް ކުރުމުގެ އޮޕަރޭޝަން ހިންގަމުންދާ ކަމަށެވެ.

ބޯޓު ކަމްޗަޓްކާ ޕެނިންސޫލާގެ ބޭރުން މޫދަށް ވެއްޓިފައިވާ ކަމުގެ ޚަބަރު ލިބިފައިވަނީ ބޯޓު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ތެރޭގައެވެ. އެމެޖެންސީ ސާވިސަސްއިން ބޭރުގެ މީޑީއާއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި ބޯޓު މޫދަށް ވެއްޓިފައި ވަނީ ކުއްލިހާލަތުގައި ބޯޓު ޖައްސަން މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ލަފާކުރެވޭ ކަމަށެވެ. ބޯޓު މޫދަށް ވެއްޓިފައިވާ ކަމުގެ މަޢުލޫމާތާއެކު މީހުން ސަލާމަތް ކުރުމަށް ބޯޓު ވެއްޓުނު ސަރަހައްދަށް ދަނީ ދަތުރު ކުރަމުންނެވެ.

ވެއްޓުނު މިބޯޓުގައި ދަތުރުކުރި މީހުންގެ ތެރޭގައި ޕަލަނާގެ ލޯކަލް ގަވަމަންޓުގެ 3 އިސް އޮފިޝަލުން ހިމެނެއެވެ. އޭގެތެރޭގައި ލޯކަލް ގަވަމަންޓުގެ އިސް ވެރިޔާ އޮލްގާ މޮޚިރޭވާ ވެސް ހިމެނެއެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: