ތައިލެންޑްގެ ފެކްޓަރީއެއްގައި އެއްޗެއް ގޮވައި އަނދަނީ

ތައިލެންޑްގެ ވެރިކަންކުރާ ރަށުގެ ރަށްބޭރުގައި ހުރި ފެކްޓަރީއެއްގައި އެއްޗެއް ގޮވައި އަލިފާން ރޯވެއްޖެއެވެ.

އެޤައުމުގެ އޮފިޝަލުންނާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވާ ގޮތުގައި، މިހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ބެންކޮކްގެ ބޭރުގައި ހުންނަ ޕްލާސްޓިކާއި ފޯމް ޕެލެޓް އުފައްދާ ފެކްޓަރީއެއްގައެވެ. އަދި މިހާދިސާގައި އެކަކު މަރުވެ އިތުރު 29 މީހުން ވަނީ ޒަޚަމް ވެފައެވެ. އަލިފާން ނިވާ މީހުން ފެކްޓަރީގައި ރޯވެފައިހުރި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އަލިފާނާއި ވިހަ ދުމުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ސަލާމަތް ކުރުމަށް އެހިސާބުން މީހުން ހުސްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އިޝްތިހާރު Below Header ad

ފެކްޓަރީގައި ބާރުގަދަ ގޮވުމެއްގެ އަޑު އެތައް ކިލޯމީޓަރަކަށް ވަނީ އިވިފައެވެ. ފެކްޓަރީ ހުރި ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުނެފައި ވަނީ، އެންމެ ފުރަތަމަ ވިދުވަރެއްފަދަ ގަދަ އައްޔެއް ފެނުނު ކަމަށާއި އެއަށް ފަހު ބާރަށް އެއްޗެއް ގޮއްވާލާފަދަ އަޑެއް އިވުނު ކަމަށެވެ. އަދި އެއާއެކު މުޅި ގެއަށް ގުޑުން އަރައިގެން ދިޔަކަމަށްވެސް އޭނާ ބުނެފައިވެއެވެ. އެހިސާބުގެ ގެތަކަށް ވެސް ވަނީ މިގޮވުމުގެ ސަބަބުން އަސަރުކޮށް ހަލާކުވެފައެވެ.

އޮފިޝަލުން މަޢުލޫމާތު ދީފައިވާ ގޮތުގައި ފެކްޓަރީގައި އަލިފާން ހިފާޒާތުގެ 20،000 ލީޓަރު ކެމިކަލް ހުރުމުން އިތުރު ގޮވުންތައް ވެސް ގޮވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އަލިފާންނިވާ މީހުން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ ފެކްޓަރީގެ އަލިފާނގަނޑު ކޮންޓްރޯލްކޮށް އަދި އެސަރަހައްދުން މީހުން ހުސްކުރުމަށެވެ. އަލިފާން ކޮންޓްރޯލް ކުރެވުނު ބައެއް ހިސާބުތަކުގައި ވެސް އަލުން އަލިފާން ރޯވެފައިވާ ކަމަށްވެސް އޮފިޝަލުން ވަނީ ބުނެފައެވެ.

ފެކްޓަރީ ގޮވުމުގެ ސަބަބުން މިހާތަނަށް އެހިސާބުގެ 70 ގެއަކަށް ވަނީ ގެއްލުން ލިބިފައެވެ. އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ކަށަވަރު ކުރެވިފައެވެ ނުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.