އަލީ ވަހީދުގެ މައްސަލަ މިއަދަށް ތާވަލު ކޮށްފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން އޭނާގެ ޝަރީއަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމި މައްސަލަ މިއަދަށް ހައިކޯޓުގައި ފަށަން ތާވަލުކޮށްފި އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ އަޑު އެހުން އޮންލައިންކޮށް ކުރިއަށްގެންދަން ނިންމުމުން، ޕްރޮސެކިއުޓަރ ޖެނަރަލް އެމައްސަލަ ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅީ މިދިޔަމަހުގެ 25 ވަނަ ދުވަހު އެވެ.

އިޝްތިހާރު Below Header ad

ޕްރޮސެކިއުޓަރ ޖެނަރަލް ހުށަހެޅުއްވި މައްސަލަ ހައިކޯޓުން ބަލައިގަނެފައިވާއިރު، މިއަދު ހަވީރު 3:15 އަށް މިމައްސަލައިގެ އަޑު އެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.

އަލީ ވަހީދު ބޭރުގައި ހުންނަވައިގެން ޝަރީއަތް ކުރިއަށް ގެންދާ މައްސަލަ މިއަދު ހައި ކޯޓުގައި ފަށާއިރު، އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފަ އެވެ. އަދި އެ ނިންމުން ވެސް ހައި ކޯޓުގައި އިސްތިއުނާފް ކުރަން ދައުލަތުން ވަނީ ނިންމަފަ އެވެ.

ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. މިއީ ކްރިމިނަލް ކޯޓުން އަމަލުކުރާ އާންމު އުސޫލެއް ވެސް ނޫނެވެެ. އަދި މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމެއް ވެސް ނޫނެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިން މައްސަލަ ވެސް ދައުލަތުން، ހައި ކޯޓުގައި އިސްތިއުނާފް ކުރި އެވެ. އެކަމަކު އެ މައްސަލަ ކުރިއަށް ގެންދަން އޭރު ބެލިއިރު، އަލީ ވަހީދު ރާއްޖެއިން ބޭރުގައި އުޅުއްވާ ތަނެއް ނޭނގުމުން ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ނިންމީ އޭނާގެ ޣައިރު ހާޒިރުގައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރަނީ، އޭނާ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށެވެ.

އޭނާގެ މައްޗަށް އުފުލާފައި ވަނީ ޖިންސީ ގޯނާއާ ގުޅޭ ހަތް ދައުވާ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 21 އަހަރުގެ ޖަލު ހުކުމް އަންނާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.