ރާއްޖެއިން 2 ގައުމަކަށް އޮނަނަރީ ކޮންސުލްގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައިފި

ރާއްޖެއިން 2 ގައުމަކަށް އޮނަނަރީ ކޮންސުލްގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.

އެގޮތުން ހަންގޭރީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލްގެ މަގާމަށް މުހައްމަދު އަލީ ޖަނާހް އައްޔަންކުރައްވާފައިވާ އިރު، އިންޑޮނޭޝިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލްގެ މަގާމަށް އަައްޔަން ކުރައްވާފައިވަނީ ޖައުފަރު އީސާ އާދަމް އެވެ.

އިޝްތިހާރު Below Header ad

އިންޑޮނީޝިއާ އިން ކަނޑައެޅި އޮނަރަރީ ކޮންސެލް ޖައުފަރަކީ ޖާހު ޕްރައިވެޓް ލިމިޓެޑްގެ ފައުންޑަރު އަދި އެގްޒެކެޓިވް ޑިރެކްޓަރެވެ.

ހަންގޭރީން ރާއްޖެއަށް ކަނޑައެޅި އޮނަރަރީ ކޮންސުލް، ޖަނާހު އަކީ ޓޫރިޒަމް ވިޔަފާރީގައި އުޅުއްވާ ބޭފުޅެކެވެ.

އޭނާ ވަނީ ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރްސީ) ގެ ޗެއަރމަން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސްކަން ވެސް ކުރައްވާފަ އެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ ރާއްޖޭގައި އެގައުމުތަކުގެ އޮނަރަރީ ކޮންސިލްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދީ އެކަމުގެ ލިޔުން (އެގްޒެކެޓަރ) ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ހަވާލުކޮށްދެއްވަފައިވާ ކަމަށެވެ.

އެކި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ އޮނަރަރީ ކޮންސުލުންނަކީ އެގައުމުތަކުގެ ސަރުކާރުން ކަނޑައަޅުއްވާ، އެގައުމުތަކުން ރާއްޖޭގައި ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތްތަކުގައި އެހީތެރިވުމަށް ތިއްބަވާ ބޭފުޅުން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.