90 ފޫޓުގެ ދޯންޏެއް ނޮޅިވަރަންފަރު ނެރު މައްޗަށް އުރިއްޖެ

90 ފޫޓުގެ ދޯންޏެއް ނޮޅިވަރަންފަރު ނެރު މައްޗަށް އުރިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ “އަލި ސާފު” ނަމަކަށް ކިޔާ މި ދޯނި އެރަށު ނެރުމައްޗަށް އުރިގެން އުޅޭކަމުގެ ރިޕޯޓު ލިބުނީ ރޭ 8:51 ހާއިރު ކަމަށެވެ. އަދި މިއީ މުދާ އުފުލާ ދޯންޏެއް ކަމަށެވެ.

އިޝްތިހާރު Below Header ad

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޑްގާޑް ސްކޮޑްރަން، ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރި ވަމުން އަންނަކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެދޯނީގެ ވެރިފަރާތުން ހަމަޖެއްސި އުޅަނދެއްގެ އެހީގައި، “އަލި ސާފު” ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ވެސް ބުނެފައި ވެއެވެ.

ހާދިސާ ހިނގި އިރު ދޯނީގައި ތިބީ ދެ ބިދޭސީންނާއި ދިވެއްސެއް ކަަމަށާއި މި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ވަނީ ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.