ޚަބަރު ފީތާ

ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން މިއަދު ހުޅުވާލައްވައިފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 ޖުލައި 12 އަދި 13 ވަނަ ދުވަހު ހެނދުނު 10:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިބޭނެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓު، www.presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެ އެވެ.

އެ މަގާމުގައި ހުންނެވި ތ. ވިލުފުށި، އަތަމާގެ، ހުސައިން ފިޔާޒް މޫސާ އެ މަގާމުން އިސްތިއުފާ ދެއްވައިފައިވަނީ މިއަހަރުގެ މާރޗް މަހުގެ 22 ވަނަ ދުވަހު އެވެ.

އޭނާ އެ މަގާމުން އިސްތިއުފާ ދެއްވާފައި ވާއިރު، އޭނާ ވަނީ އެ މަގާމުގައި ހުންނަވާ އަމިއްލަ ނޫހެއް އުފައްދަވާފަ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: