ރާއްޖެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރި ބޭރުގެ މަސްބޯޓެއް ޖޫރިމަނާ ކޮށްފި

ރާއްޖެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރި ބޭރުގެ މަސްބޯޓެއް ޖޫރިމަނާ ކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ ސްރީލަންކާގެ މަސްބޯޓެއް ކަމަށެވެ. އަދި އެބޯޓުގެ ވެރިފަރާތް ޖޫރިމަނާ ކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ލައިސަންސެއް ނެތި މަސްވެރިކަން ކުރީތީ, މަސްވެރިކަމުގެ ގާނޫނުގެ 73 ވަނަ މާއްދާގެ (ށ)ގައި ވާ ގޮތުގެ މަތިން ކަމަށެވެ.

އިޝްތިހާރު Below Header ad

އެގޮތުން އެ ބޯޓުގެ ވެރިފަރާތް 400,000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

މި ދިޔަ ޖޫން 20 ގައި ލ. އިސްދޫ މުލި ކައިރިން އެމްއެންޑީއެފް އިން މި ބޯޓު ހިފެހެއްޓީ “ސީލައިން” ނަމަކަށް ކިޔާ ރާއްޖޭގެ މަސްދޯންޏެއް ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.

އެ ބޯޓަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މިޔަރުގެ މަސްވެރިކަން ކުރަމުން އައި ބޯޓެއް ކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ. އަދި އެ ބޯޓުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް އެދެން އޮންނަ ހުއްދައަށް އެދިފައި ނުވާކަމަށް ވެސް މަޢުލޫމާތު ލިބިފައި ވެއެވެ.

މި ބޯޓުގެ ވެރި ފަރާތަކީ ލަންކާއަށް ނިސްބަތްވާ އަމިއްލަ ފަރުދެއް ކަމަށާއި ޖޫރިމަނާކޮށްފައިވަނީ ވަރޗުއަލްކޮށް އަޑުއެހުންތައް ބޭއްވުމަށްފަހު ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ. އަދި މިކަމުގައި ސްރީލަންކާ އެމްބަސީއާ އެކުގައި މަސައްކަތްކުރަމުންދާކަމަށް ވެސް ބުންޏެވެ.

ބޯޓުގެ ވެރިފަރާތަށް ޖޫރިމަނާ ދެއްކުމަށް 30 ދުވަހުގެ މުހުލަތެއް ދީފައިވާއިރު، އެ ޖޫރިމަނާ ދެއްކުމުން ނޫންނަމަ ބޯޓު ދޫކޮށްނުލާނެކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ވެރިފަރާތުން ޖޫރިމަނާ ނުދައްކައިފިނަމަ އެޓަރނީ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅައިގެން ކުރިޔަށް ގެންދާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.