ޚަބަރު ފީތާ

އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މީހާ މިރޭ ހައްޔަރު ކޮށްފި

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މީހާ މިރޭ ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރު ކޮށްފައިވަނީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ދާ ކަމަށެވެ.

އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކުރި މައްސަލައިގައި އިންޑިއާ ހައިކޮމިޝަނާއި ޗައިނާ އެމްބަސީގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފަ އެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާ އަދި މި ނޫންވެސް ވަސީލަތްތައް މެދުވެރިކޮށް މީހުންނަށް އަނިޔާވެރި ވުމަށާއި މުދަލަށާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ އަމަލުތަކަށް ތަރުހީބުދޭ ފަރާތްތަކުން އެ ކުރަނީ ޖިނާއީ ކުށެއް ކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ގާއިމް ކޮށްފައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ރާއްޖޭގެ ސަލާމަތީ ބާރުތަކަުގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.

“ރާއްޖޭއާއި އަވަށްޓެރި ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށާއި، ބޭރު ގައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަމަށް ބުރޫއަރާ ގޮތަށް ކުރާ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް އެފަދަ ކަންކަން ދިފާއުކޮށް ބައެއް އޮންލައިން ނޫސްތަކުން މައުލޫމާތު ފަތުރަމުން ދިއުމަކީ ފުލުހުން ކަންބޮޑުވާ ކަމެއް.” ފުލުހުން ބުނެފައި ވެއެވެ.

އެހެންނަމަވެސް އެއީ ކޮންކޮން އޮންލައިންތަކެއް ކަމެއް ފުލުހުން ނުބުނެ އެވެ.

މިފަދަ ކަންކަމަކީ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބޭރުގެ މިޝަންތަކުގައި މަސައްކަތް ކުރާ މީހުން ނުރައްކަލަކަށް ހުށަހެޅި ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފާނެ ފަދަ ނާޒުކު މައްސަލައެއް ކަމަށް ވެސް ފުލުހުން ވަނީ ފާހަަގަކޮށްފަ އެވެ.

އެހެންކަމުން މައުލޫމާތު ފެތުރުމުގައި މިހާރަށް ވުރެ ޒިންމާދާރުވުމަށް ހުރިހާ ފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ދިވެހިރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.

Like
Like Love Haha Wow Sad Angry

ޚިޔާލު 1 on "އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މީހާ މިރޭ ހައްޔަރު ކޮށްފި"

  1. Indaa embaee govvaallaane kamah bunumun chainaa embaaee sekeuritee varugadha Kiran jeheytha.

Comments are closed.

%d bloggers like this: