ދުނިޔޭގައި ދެވަނައަށް އެންމެ މުއްސަނދި މީހާ ދިރިއުޅެނީ ކުއްޔަށް

ޓެސްލާ ކުންފުނީގެ ސީ.އީ.އޯ އަދި (185 ބިލިއަން ޑޮލަރާއެކު) މިހާރު ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާ އީލޯން މަސްކް ދިރިއުޅެނީ އެމެރިކާގެ ޓެކްސަސްގެ ބޮކާޗީކާގައި 50،000 ޑޮލަރަށް ކުއްޔަށް ނަގާފައި ހުންނަ ގެއެއްގައި ކަމަށް ޓްވިޓާގައި އޭނާ ބުނެފިއެވެ.

އެމެރިކާގައި ކުދިކުދި ގެތައް ރާވައި ތައްޔާރުކޮށްދޭ ކުންފުންޏެއް ކަމަށްވާ ބޮކްސަބަލްއިން އެމީހުން ތައްޔާރުކޮށްފައިވާ ގެއެއްގެ ފޮޓޯއަކަށް މަސްކް ޓެގްކޮށް ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެމުން އޭނާ ބުނެފައި ވަނީ، އޭނާ މިހާރުވެސް ދިރިއުޅެނީ 50،000 އަށް ކުއްޔަށް ނަގާފައިވާ ގެއެއްގައި ކަމަށާއި، އެކަމަކު އެއީ މިފޮޓޯގައި ހުރިކަހަލަ ގެއެއް ނޫން ކަމަށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ޓެސްލާ ކުންފުނީގެ ޚަބަރުތައް ފޯރުކޮށްދޭ ނޫސްމީޑިއާއެއް ކަމަށްވާ ޓެސްލަރާޓީއިން ބުނެފައި ވަނީ، ބޮކްސަބަލްއިން ތައްޔާރު ކޮށްފައިވާ 1 ބަދިގެ 1 ކޮޓަރި އަދި ފާހާނާއެއް ހުންނަ 375 އަކަފޫޓުގެ ކުޑަގެއެއްގައި އިލޯން މަސްކް ދިރިއުޅޭކަމުގެ މަޢުލޫމާތު އެމީހުންނަށް ކޮންމެވެސް ވަރަކަށް ލިބިފައިވާ ކަމަށެވެ.

ބޮކްސަބަލްއަކީ ލަސްވޭގަސްގައި ޤާއިމް ކޮށްފައިވާ ކުންފުންޏެކެވެ. އެކުންފުންޏަކީ ކުޑަ ޖާގައެއްގައި ދިރިއުޅެވޭނެ ގޮތަށް ގެ ތައްޔާރުކުރާ ކުންފުންޏެކެވެ. އެކުންފުނިން ތައްޔާރު ކުރާ ގެތައް އެމީހުން ގެނެސްދެނީ ކޮންޓޭނަރ ސައިޒުގެ ބޮޑު ފޮށިގަނޑެއްގައެވެ. އަދި އެއްދުވަސް ތެރޭގައި ގެ ރާވާލައި ދިރިއުޅެވޭނެ ފެންވަރަށް ތައްޔާރު ކޮށްދެއެވެ. މިފަދަ ގެތަކަކީ ކުއްޔަށް ދޫކުރާ ގެތަކެކެވެ، އަދި މިގެތަކުގެ ކުލި ފެށޭ އަދަދަކީ 49،500 ޑޮލަރެވެ.

ބުނެވޭގޮތުގައި ކުއްޔަށްދޭ ގެއެއްގައި މަސްކް ދިރިއުޅެނީ ފާއިތުވި އަހަރު މޭމަހު އޭނާ ކޮށްފައިވާ ވަޢުދެއް ފުއްދުމުގެ ގޮތުންނެވެ. އޭނާ ވަޢުދު ވެފައިވަނީ އޭނާގެ އަމިއްލަ ގެއެއް ނުބެހެއްޓުމަށެވެ. ވަޢުދުވިތާ 5 ހަފްތާ ތެރޭގައި މަސްކް ވަނީ ޒިލޯގައި ހުންނަ އޭނާގެ 5 ގެ ވިއްކާލަން އިޢުލާނު ކޮށްފައެވެ. އޭގެތެރެއިން 4 ގެ މިހާރު ވަނީ ވިކިފައެވެ، އަދި 5 ވަނަ ގެ ވަނީ ކުއްޔަށް ދީފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.