ޚަބަރު ފީތާ

ސޫދާންގެ 90 އިންސައްތަ ދަރަނި އައިއެމްއެފް އިން މައާފްކޮށްދޭން ނިންމައިފި

ސޫދާންގެ 90 އިންސައްތަ ދަރަނި ޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން މައާފްކޮށްދޭން ނިންމައިފި އެވެ.

އައިއެމްއެފް އިން ބުނީ މިގޮތަށް ނިންމީ އެގައުމުގެ އިންގިލާބީ ސަރުކާރަށް ހުށަހަޅާފައިވާ ހަރުކަށި ޝަރުތުތަކާއި އެއްގޮތަށް އެގައުމުން އަމަލު ކޮށްފައިވާތީ ކަމަށެވެ.

އެހެންނަމަވެސް ދަރަނި މައާފް ކޮށްދޭން ނިންމާފައިވަނީ ޝަރުތަކާއެކު ގަ އެވެ.

ސޫދާންގެ ދަރަނި މައާފްކޮށްދެނީ، އައިއެމްއެފް އިން ގެންގުޅޭ، HIPC އިނިޝިއޭޓިވްގެ ދަށުން ނެވެ.

ހިޕްކް އަކީ، ހެވިލީ އިންޑެބްޓެޑް ޕުއަރ ކަންޓްރީޒްގެ ނަމުގައި ބޮޑަށް ދަރަނިވެރިވެފައިވާ ވަރަށް ފަގީރު ގައުމުތަކުގެ ދަރަނި މައާފް ކޮށްދިނުމަށް އައިއެމްއެފްއިން ގެންގުޅޭ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން 38 ވަނައަށް ދަރަނި މައާފް ކޮށްދޭނެ ގައުމަކީ ސޫދާނެވެ.

Like
Like Love Haha Wow Sad Angry

2 ޚިޔާލުތައް ގައި "ސޫދާންގެ 90 އިންސައްތަ ދަރަނި އައިއެމްއެފް އިން މައާފްކޮށްދޭން ނިންމައިފި"

  1. ނިއުވޯލްޑް ނިއުގަވަރމެންޓް | ޖުލައި 3, 2021 at 19:39 |

    އެވެދާނެ ޔޫއެއްން އަށް ދަރަނީގެ ބަދަލުގައި އެތާގެ ބިންނަގާގޮތަށް ކަމަށް

  2. ނިއުވޯލްޑް އޯޑަރ | ޖުލައި 3, 2021 at 19:39 |

    އެވެދާނެ ޔޫއެއްން އަށް ދަރަނީގެ ބަދަލުގައި އެތާގެ ބިންނަގާގޮތަށް ކަމަށް

Comments are closed.