20 އަހަރަށް ފަހު އެމެރިކާއިން ބަގްރަމް އެއާޕޯޓު އަފްޣާނިސްތާނާއި ހަވާލު ކޮށްފި

ސެޕްޓެމްބަރ 11 ގައި އެމެރިކާއަށް ދިން ޙަމަލާއަށް ފަހު އެމެރިކާގެ އަސްކަރިއްޔާއިން ތާލިބާން ބަލިކޮށް އަދި އަލްޤައިދާގެ ހަނގުރާމަވެރިން ހައްޔަރު ކުރުމަށް މައި މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ އަފްޣާނިސްތާންގެ ބަގްރަމް ވައިގެ ސަރަހައްދު 20 އަހަރަށްފަހު ދޫކޮށްލައިފި ކަމަށް އެމެރިކާގެ އިސް 2 އޮފިޝަލަކު ބުނެފިއެވެ.

ބޭރުގެ ނޫހެއް ކަމުގައިވާ އެސޯޝިއޭޓަޑް ޕްރެސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ބަގްރަމް އެއާޕޯޓު އަފްޣާނިސްތާންގެ އަސްކަރިއްޔާއާއި ހަވާލު ކޮށްފައި ވަނީ މިއަދުއެވެ. އަދި އެއާޕޯޓު ހަވާލު ކުރުމުގައި ހަރަކާތްތެރިވި އޮފިޝަލުންގެ ވަނަވަރު މީޑިއާއަށް ހާމަކުރުމުގެ ހުއްދަ ދީފައިނުވާތީ، އެމަޢުލޫމާތު ހާމަ ކޮށްފައެއް ނުވެއެވެ.

އިޝްތިހާރު Below Header ad

އަފްޣާންގައި ހަރަކާތްތެރިވާ އެމެރިކާ އަސްކަރިއްޔާގެ އިސް ކޮމާންޑަރު ޖެނަރަލް އޮސްޓިން މިލަރ ވަނީ އަފްޣާނިސްތާންގެ ރައީސް އަޝްރަފް ޣަނީއާއި ވެސް ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމާއި ބެހޭގޮތުން އަފްޣާންގެ ރިޔާސީ ގަނޑުވަރުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، މިލަރއާއެކު ބޭއްވި މި ބައްދަލުވުމުގައި ސަލާމަތީ ކަންތައްތައް ބެލެހެއްޓުމާއި އެހެނިހެން ދާއިރާތަކުން އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމާއި ބެހޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އަފްޣާންގެ ސަލާމަތީ އަސްކަރިއްޔާ ވަރުގަދަ ކުރުމަށް 2024 އާއި ހަމައަށް ކޮންމެ އަހަރަކު 4 ބިލިއަން ޑޮލަރު ދިނުމަށް އެމެރިކާއިން ނިންމާފައިވާ ކަމަށް ބުނެފައިވިނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ބަގްރަމްއަށް އަފްޣާނިސްތާނުން ކަނޑައަޅާފައި ހުންނަ ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޓަރ ދަރްވައިޝް ރައޫފީ ބުނެފައި ވަނީ، އެމެރިކާގެ އަސްކަރިއްޔާއިން ބަގްރަމް އަސްކަރީ ސަރަހައްދު ދޫކޮށް ގޮސްފައިވަނީ އެތާންގެ އޮފިޝަލުންނާއި މަޝްވަރާ ކުރުމެއްނެތި ކުރިން އެންގުމަކާއިނުލައި ކުއްލިއަކަށް ކަމަށާއި، އެހެންކަމުން އަފްޣާންގެ އަސްކަރިއްޔާއިން އެސަރަހައްދުގެ ސަލާމަތީ ކަންތައްތަކާއި ހަވާލު ވުމުގެ ކުރިން ވައްކަންކުރާ އެތައް ބަޔަކު އެތަނަށް އައިސްފައިވާ ކަމަށެވެ.

އެސޯޝިއޭޓެޑް ޕްރެސްއަށް މަޢުލޫމާރު ދެމުން ރައޫފީ ބުނެފައިވަނީ، ވައްކަންކުރަން އުޅުނު މީހުން ހުއްޓުވައި އޭގެތެރެއިން ބައެއްމީހުން ހައްޔަރު ކޮށްފައިވާ ކަމަށާއި، ދެންތިބި މީހުން އަސްކަރީ ސަރަހައްދުން ނެރެފައިވާ ކަމަށެވެ. އެހެންނަމަވެސް އަސްކަރިއްޔާއިން އެސަރަހައްދުގެ ކޮންޓްރޯލް އަތުލުމުގެ ކުރިން ވައްކަންކުރަން އައި މީހުން ވަނީ އެސަރަހައްދުގެ އެތައް އިމާރާތަކަށް ވަދެ ގެއްލުން ދީފައި ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.