ދުންހޮޅިން ގެއަށް ވަންނަން އުޅުމުން ލިބުނީ ބޮޑު ލަނޑެއް

އަވަހަށް ދާން ޖެހޭ ތަންތަނަށް ދާން އުޅުމުގެ ތެރޭގައި ހަނދާން ނެތި ތަޅުދަނޑި ބާއްވާފައި ދިއުން އެއީ ކޮންމެ މީހަކަށް ވެސް ވެދާނެ ކަމެކެވެ. ބައެއް މީހުން އެފަދަ ހާލަތެއް ދިމާވެދާނެ ކަމަށް އިތުރު ތަޅުދަނޑިއެއް ގެންގުޅޭއިރު، އަނެއްބައި މީހުން ގެއަށް ނުވަދެވި ތަޅުލެވިފައި ހުރުމުން އެހީތެރިކަމަށް އެދި ކޮންމެވެސް ފަރާތަކަށް ގުޅަނީއެވެ.

އެހެންނަމަވެސް ނެވާޑާގައި ދިރިއުޅޭ މި އަންހެން ކުއްޖާ ހަނދާންނެތި ގޭގެ ތަޅުދަނޑި ބާއްވާފައި ދެވުމުން ގެއަށް ނުވަދެވުމުން ކަންތައް ކުރީ މުޅިން އެހެން ގޮތަކަށެވެ. އިތުރު ތަޅުދަނޑިއެއް ލިބޭތޯ ނުވަތަ އެހީތެރި ކަމަށް އެދި މީހަކަށް ގުޅުމުގެ ބަދަލުގައި އޭނާ ބެލީ ފިލްމުތަކުގައި ދައްކާ ސްޓައިލަށް ގޭގެ ދުންހުޅިން ގެއަށް ވަދެވޭތޯއެވެ……..ނަމަވެސް، ދުންހޮޅީގައި ތާށިވީއެވެ.

އިޝްތިހާރު Below Header ad

ފިލްމުތަކުގައި ދުންހޮޅިން ގޭގެއަށް ވަންނަތަން ފެނި އެކަމުން ހިތްވަރު ލިބިގެން ފިލްމުތަކުގައި ދައްކާހައި ފަސޭހައިން ދުންހޮޅިން ވަދެވޭނެ ކަމުގެ އުންމީދުގައި ފެށި ދަތުރު ބަރުބާދުވީ މެދަކާހަމައަށް ވެސް ނުދެވެނީސް އޭގެތެރޭގައި ތާށިވުމުންނެވެ. މައްޗަކަށްވެސް ނޭރުނެވެ. ތިރިއަކަށްވެސް ނުފޭބުނެވެ. އެންމެފަހުން ޖެހުނީ އެހީތެރިކަމަށް އެދި ފަޔަރ ޑިޕާޓްމަންޓަށް ގުޅާށެވެ.

މިހާދިސާއަށް އަލިއަޅުވާލައި ހެންޑަރސަން ފަޔަރ ޑިޕާޓްމަންޓުގެ ފަރާތުން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވަނީ، ހަނދާންނެތި ތަޅުދަނޑި ބާއްވާފައި ދެވުމުން ގެއަށް ނުވަދެވުމުން ދުންހޮޅިއެއްގެ ތެރެއިން ގެއަށް ވަންނަން މަސައްކަތް ކުރަނިކޮށް ދުންހޮޅީގައި ތާށިވި 18 އަހަރުގެ އަންހެން ކުއްޖެއް ސަލާމަތް ކޮށްފައިވާ ކަމަށެވެ. އޭނާ ސަލާމަތް ކޮށްފައި ވަނީ ވާގަނޑެއް ބޭނުން ކޮށްގެން ކަމަށާއި، މި އާދަޔާ ޚިލާފު ހާދިސާގައި އަންހެން ކުއްޖާއަށް އަނިޔާއެއް ވެފައި ނުވާ ކަމަށްވެސް ބުނެފައި ވެއެވެ. އެޕޯސްޓުގައި އިތުރަށް ބުނެފައި ވަނީ، ހެންޑަރސަން ފަޔަރ އެންޑް ރެސްކިއު ޑިޕާޓްމަންޓުގެ ފަޔަރ ފައިޓަރުންނަކީ ހަނި ދޭތެރެއިން ވެސް މީހުން ސަލާމަތް ކުރުމުގެ ފުރިހަމަ ތަމްރީން ލިބިފައި ތިބި ބައެއް ކަމަށާއި، ބައި ގަޑިއިރެއްހާއިރު ތެރޭގައި އެ އަންހެން ކުއްޖާ ސަލާމަތް ކޮށްފައިވާ ކަމަށެވެ.

މިހާދިސާ ވަނީ ފޭސްބުކްގައި އެތައް ބައެއްގެ މެދުގައި ދައުރުވެފައެވެ. އަދި އެތައް ބަޔަކު ދަނީ މިފަދަ ހާދިސާއެއް ދިމާވެއްޖެ ނަމަ އެމީހުން ކަންތައް ކުރާނެ ގޮތުގެ ޚިޔާލުތައްވެސް ހިއްސާ ކުރަމުންނެވެ. އެގޮތުން އެއްބަޔަކު ބުނެފައި ވަނީ، ގެއަށް ނުވަދެވި ތަޅުލެވުމުން ގެއިން ބޭރުގައި ހުރެ ލިބެން ޖެހޭ އަދަބެއް ލިބުންވެސް މިފަދަ ލަދުވެތި ހާދިސާއަކަށް ވުރެ ރަނގަޅު ކަމަށެވެ. ތިބޭފުޅުންގެ ޚިޔާލަކީ ކޮބައިތޯއެވެ؟

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.