
ފްލެޓް ލިބުނު މީހުންނަށް 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯ އިން ފަށައިފި
ފްލެޓް ލިބުނު މީހުންނަށް 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯ އިން ފަށައިފިއެވެ.
މިއަދު ފެށި މި ޕްރޮމޯޝަންގައި ހިމެނެނީ ރިހި، ރަން، އަދި ހުދު ރަނުގެ ނަމުން ނަން ދީފައިވާ ޕެކޭޖު ތަކެވެ.
އެއްވަނައަށް ހޮވޭ ފަރާތަކަށް 20،000 ރުފިޔާ، އަދި ދެވަނައަށް ހޮވޭ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު މި ޕްރޮމޯޝަނުގައި ލިބޭނެ އެވެ. އަދި ތިންވަނައަށް ހޮވޭ ފަރާތަށް 5،000 ރުފިޔާގެ ވައުޗަރއެއް ލިބޭނެ އެވެ.
މި ވައުޗަރުގެ ބޭނުންކޮށްގެން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ތަކެތި ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
”މި ޕްރޮމޯޝަންގަ ބައިވެރިވެވޭނެ މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެފްއެލްސީ، އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ތަކެތި ނަންގަވާ ފަރާތްތަކަށް ވެސް،“ އެސްޓީއޯ އިން ބުނެފައިވެ އެވެ.
މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ގަންނަ ތަކެތި ގެންގޮސްދޭން ވެސް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ފްލެޓް ލިބިފައިވާކަމުގެ ލިޔުން އަދި ފްލެޓް ލިބުނު ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންޖެހެ އެވެ.