އެމެރިކާގެ ކުރީގެ ދިފާޢީ ވަޒީރު ކެންސަރު ބަލީގައިި އަވަހާރަ ވެއްޖެ
އެމެރިކާގެ ކުރީގެ ދިފާޢީ ވަޒީރު ޑޮނަލްޑް ރަމްސްފެލްޑް ކެންސަރު ބަލީގައިި އަވަހާރަ ވެއްޖެ އެވެ.
ޚަބަރުތައް ބުނާ ގޮތުގައި އޭނާ އަވަހާރަވީ ޢުމުރުފުޅުން 88 އަހަރުގަ އެވެ.
ރަމްސްފީލްޑަކީ ވިއެޓްނާމް ހަނގުރާމައަށް ފަހު އެމެރިކާ ދުށް އެންމެ ބާރުގަދަ ދިފާއީ ވަޒީރެވެ. އޭނާ ވަނީ ހަތަރު ރައީސުންގެ ވެރިކަމުގައި ވައިޓްހައުސްގައި ވަޒީފާ އަދާ ކުރައްވާފަ އެވެ.
މީގެ އިތުރުން މެދުއިރުމަތި ހަލަބޮލިކޮށް، އަފްޣާނިސްތާނާއި އިރާގަށް އަރައިގަތުމަށް އެމެރިކާ ސިފައިން ފޮނުވަން ނިންމާފައިވަނީ ވެސް އޭނާގެ މަޝްވަރާ އަށެވެ.