ބިން ލާދިން ގެ ޑޮކްޓަރ އަފްރީދީ ވީ ތަނެއް އެނގޭތަ؟

އުސާމާ ބިން ލާދިންގެ ޑޮކްޓަރ ޝަކީލް އަފްރީދީގެ ޚަބަރެއް ނުވާތާ އެތައް މަސްތަކެއް ވެއްޖެ ކަމަށް އޭނާގެ ޢާއިލާ އިން ބުނެފި އެވެ.

ޕާކިސްތާންގައި ޖަލަށް ލާފައިވާ ޑރ. ޝަކީލް އަފްރީދީގެ ޢާއިލާ އާ ހަވާލާދީ ރިޕޯޓުތައް ބުނީ އަފްރީދީގެ ޚަބަރެއް ޢާއިލާއަށް އެންމެފަހުން ވީ މިއަހަރުގެ ޖެނުއަރީ މަހު އެވެ.

އިޝްތިހާރު Below Header ad

އެއަށްފަހު އޭނާއާ ބައްދަލު ކުރުމަށް ހުއްދަ ވެސް އަދި އޭނާގެ ޚަބަރެއް ވެސް ނުވާ ކަމަށް ވަނީ ބުނެފަ އެވެ.

އެމެރިކާގެ ޖާސޫސީ އިދާރާއިން ބިން ލާދިން ހޯދީ އަފްރީދީ އެއްކުރި ޑީއެންއޭ ސާމްޕަލްތަކުން ނެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުން އެމެރިކާއިން އަފްރީދީ މެދުވެރިކޮށް ސާމްޕަލް ހޯދީ އޮޅުވާލައިގެން ނެވެ.

އަފްރީދީ ޖަލަށްލީ ފަހުން އޭނާގެ ވަކީލާ ބައްދަލުކުރުމަށް ހުއްދަ ދީފައި ނުވާ އިރު، ޢާއިލާއަށް އޭނާއާ ބައްދަލު ކުރެވެނީ ހަތަރު ޗެކް ޕޯސްޓުން ފާސް ކުރެވިގެން އެތެރެވާ ފަހުން ކަމަށް ވަނީ ބުނެފަ އެވެ.

ދުރުން މައިކެއް މެދުވެރިކޮށް ވާހަކަ ދެއްކޭއިރު ދެ ފަރާތުގައިވެސް ގާޑުން ތިބޭ ކަމަށާއި ސިޔާސީ ވާހަކައާއި މައްސަލައާ ބެހޭ ގޮތުންވެސް ވާހަކަ ދެއްކުމަކީ މަނާ ކަމެއް ކަމަށް ޢާއިލާ އިން ވަނީ ބުނެފަ އެވެ.

ޢާއިލާއިން ލަފާ ކުރާ ގޮތުގައި އަފްރީދީއާ ބައްދަލު ކުރުމަށް ހުއްދަ ދީފައި ނުވަނީ ޕާކިސްތާނުގެ ބައި ބޯ ޖަލުތަކުގައި ކޮވިޑް ފެތުރިގެން އުޅޭތީ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.