ޚަބަރު ފީތާ

ނޭޕާލުން ޗައިނާއަށް ރޭލް ދަތުރުކުރާ މަގު ހަދަނީ ހިމާލިޔާ ފަރުބަދަ ކޮނެގެން!

ނޭޕާލާއި ޗައިނާ ރޭލްގެ މަގުން ގުޅާލުމުގެ މަސައްކަތް ކުރުމަށް ނިންމާ، އެކަމުގެ ދިރާސާތައް ކުރަން ފަށައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ރޭލު ދަތުރުކުރާ މަގު ހެދުމަށް ނިންމާފައިވަނީ ހިމާލިޔާ ފަރުބަދަ ކަނޑައިގެން ނެވެ. އަދި މިކަމާއިގުޅޭ ގޮތުން ދިރާސާތައް މިހާރުވަނީ ފަށާފަ އެވެ.

މމި މަޝްރޫޢަށް  ޗައިނާއިން 8 ބިލިއަން ޑޮލަރު ހޭދަކުރުމަށް ނިންމާފައިވާ އިރު، އެންމެބޮޑު ކަންބޮޑުވުމަކަށް ވަނީ މި ރޭލު ދަތުރުކުރަން ޖެހެނީ ހިމާލިޔާގެ ރައްކާ ކުރެވިފައިވާ ސަރަހައްދެއްގެ ތެރެއިން ނޭޕާލުން ޓިބެޓަށް ކަމަށްވާތީ އެވެ.

އިންޖިނޭރުންނާ ހަވާލާދީ ރިޕޯޓުތައް ބުނަނީ ނޭޕާލުން ޗައިނާ ސަރަހައްދު ހުރަސް ކުރެވޭނީ ހިމާލިޔާ ފަރުބަދަ ކޮނެގެން ބިމު އަޑީ މަގަކުން ނެވެ. އަދި މިކަން ކުރެވެން އޮތީ 6 ހިސާބަކުން ކަމަށާއި މި ހުރިހައި ތަނަކީވެސް ނާޒުކު ތިމާވެއްޓެއް އޮންނަ ސަރަހައްދުތައް ކަމަށެވެ.

ޗައިނާއާއެކު ގާތް ގުޅުމެއް ނޭޕާލުން ބާއްވަމުން އަންނަ އިރު، ނޭޕާލްގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިއަކީ އިންޑިއާ އެވެ.

އިންޑިއާއާއެކު އަހަރަކު 8 ބިލިއަން ޑޮލަރުގެ ވިޔަފާރި ނޭޕާލުން އަންނަނީ ކުރަމުން ނެވެ. އެކަމަކު ޗައިނާއާއި ނޭޕާލްގެ ވިޔަފާރި އުޅެނީ ގާތްގަޑަކަށް 20 މިލިއަން ޑޮލަރުގަ އެވެ.

ނޭޕާލަކީ، އޭޝިއާގައި އުތުރު ކޮރެއާއަށްފަހު ދެވަނައަށް އެންމެ ފަގީރު ގައުމެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: