އެނގޭތަ؟ ދިރާގު ހޯމް ފައިބަރ އިންޓަރނެޓް ޕެކޭޖްތަކަށް ބޮޑު ބަދަލެއް ގެނެސް، ޑޭޓާގެ އަގު ހެޔޮ ވެއްޖޭ!
ސަރުކާރުން ހޯމް އިންޓަރނެޓްގެ އަގު ހެޔޮކުރަން އިސްނަންގަވާ އެކަން ތަންފީޒުކުރައްވާފައިވާތީ، މިކަމަށް އެއްބާރުލުންދީ، ދިރާގުން ފޯރުކޮށްދޭ ހޯމް ފައިބަރ ބްރޯޑްބޭންޑް ޕްކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޑޭޓާގެ އަގުތައް ހެޔޮ ކޮށްފިއެވެ.
މި ގެނައި ބަދަލާއެކު 27 މޭ 2021 ގައި ސަރުކާރުން އިޢުލާން ކުރެއްވި 3 ޕެކޭޖް ފައިބަރ ބްރޯޑްބޭންޑް ޕޯޓްފޯލިއޯގައި ހިމެނުމުގެ އިތުރުން، އެލަވަންސް ހުސްވީމަ ލިބޭ ސްޕީޑް ނުވަތަ “ސްޕީޑް އަފްޓަރ އެލަވަންސް” 300 ރުފިޔާ އަށް ވުރެ ދަށް ޕެކޭޖްގައި 2 އެމް. ބީ. ޕީ. އެސް އަދި އެހެން ހުރިހާ ޕެކޭޖެއްގައި 5 އެމް. ބީ. ޕީ. އެސް އަށް ވަނީ އިތުރު ކޮށްފަ އެވެ.
މިއާއެކު، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތާއެކު، ހޯމް އިންޓަނެޓް ޕްކޭޖްތަކަށް މި އަންނަ ހެޔޮ ބަދަލު 1 ޖުލައި 2021 އިން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.
މި ގެނައި ހެޔޮ ބަދަލާއެކު ކަސްޓަމަރުންނަށް އިތުރު ޚަރަދަކާ ނުލައި ގިނަ ކަންތައްތައް އިންޓަރނެޓް މެދުވެރިކޮށް ކުރެއްވޭނެ އެވެ.
އެގޮތުން، މިހާރު ކަސްޓަމަރުންނަށް 100% އާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ޕެކޭޖްތަކުން ލިބިވަޑައިގަންނަވާނެ އެވެ. އެހެންކަމުން، ޑޭޓާގެ އަގުތައް މިހާރު ވަނީ %50 އާ ހަމައަށް ހެޔޮވެފަ އެވެ.
މި ގެނެވޭ ބަދަލުތަކުގެ މަޢުލޫމާތުގެ ތަފުސީލުތައް ބައްލަވާލެއްވުމަށް https://www.youtube.com/watch?v=p3Yhi3hR0JA
ހޯމް ފައިބަރ އިންޓަރނެޓް ޕްކޭޖްތަކަށް މި އަންނަ ބަދަލުތައް 1 ޖުލައި 2021 ގެ 00:00 އިން ފެށިގެން ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވަން ފަށާނެ އެވެ. އަދި 1 ޖުލައި 2021 ގެ 06:00 އަށް ހުރިހާ ކަސްޓަމަރުންނަށްވެސް މި ބަދަލުތައް ފެނިވަޑައިގަންނަވާނެ އެވެ.
ދިރާގު މައި އެކައުންޓް އަދި މޮބައިލް އެޕްލިކޭޝަންގައި މި ބަދަލުތައް ފެންނަން ވަގުތު ކޮޅެއް ނަގާފާނެ އެވެ. އެހެންކަމުން، ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް ޕްކޭޖްތަކަށް އައިސްފައިވާ ބަދަލު ދިރާގު ވެބްސައިޓުގައިވާ “ޕެކޭޖް ޗެކަރ” އިން ބައްލަވާލެވޭނެއެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ވެސް މެއެވެ.
އެގޮތުން ރާއްޖޭގެ ގޭބިސީގެ %80 މިހާރު މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފަ އެވެ.
ދިރާގުގެ މަޤްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ، އިތުބާރާއި ޔަޤީންކަމާއެކު މުޅި ރާއްޖޭގެ އެންމެނަށް ދިރާގުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.