ރެސްޓޯރެންޓު ސިނާއަތަށް ސަރުކާރުގެ އެއްބާރުލުން ބޭނުންވޭ، އެކަމަކު ދެނީ ބީރު ކަންފަތެއް: ރޭމް

ރެސްޓޯރެންޓު ސިނާއަތު ސަރުކާރުގެ އެއްބާރުލުން ބޭނުންވާ ކަމަށާއި އެކަމަކު ސަރުކާރުން ދެނީ ބީރު ކަންފަތެއް ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ބުނެފި އެވެ.

ރޭމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރޭމްގެ ރައީސް ހާމިދު އަފީފް ވިދާޅުވީ އެ ދާއިރާއަކީ ކޯމާގައި އޮތް ބަލި މީހެއްގެ ގޮތުގައި ސިފަ ކުރެވޭ ކަމަށެވެ.

އިޝްތިހާރު Below Header ad

ހާމިދު ވިދާޅުވީ އެ ދާއިރާ އަލުން އިއާދަ ކުރުމަށް ސަރުކާރުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ޖަމިއްޔާގެ ކަންބޮޑުވުންތަކަށް ސަރުކާރުން ދެނީ ބީރު ކަންފަތެއް ކަމަށެވެ.

މީގެ އިތުރުން މި ދާއިރާގެ ބޮޑު އިންސައްތައެއް ބޭނުންވާނީ އިސްލާމިކް ފައިނޭންސް ކަމަށާއި އެކަންވެސް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގައި އެތައް ފަހަރަކު ދަންނަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

“އެކަމަކު ދެނީ ބީރު ކަންފަތެއް. އަޅުގަނޑުމެން އެބަ ބޭނުންވޭ ސަރުކާރުގެ އެއްބާރުލުން. ކޮވިޑް-19ގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް މިދިޔަ އަހަރު ސަރުކާރުން ދޫކުރި ލޯނު ލިބުނީ ރެސްޓޯރެންޓު ދާއިރާގެ އެންމެ ހަތަރު ވިޔަފާރިއަކަށް.” ހާމިދު ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ މެމްބަރު ހުސައިން އިސްމާއިލް ވިދާޅުވީ ސަރުކާރުން ލޯނު ސްކީމްތައް ތައާރަފުކުރަނީ އެއްވެސް ޕްލޭނެއް ނެތި ކަމަށެވެ. އަދި ރެސްޓޯރެންޓު ދާއިރާއަކީ ބޮޑު ދާއިރާއަކަށްވެފައި އެ ދާއިރާއަށް ލޯނުތަކެއް ޚާއްސަ ނުކުރާތީ ކަންބޮޑުވާ ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ ކޮވިޑުގެ ހާލަތުގެ ސަބަބުން ކާބޯތަކެތީގެ ސިނާއަތު، ޚާއްސަކޮށް ކެފޭ، ރެސްޓޯރެންޓު އަދި ހޮޓާ ތަކުގެ ވިޔަފާރި އެއްކޮށްކަހަލަ ގޮތަކަށް ހުއްޓިފައިވާ އިރު، ބައެއް ތަންތަނުގެ ކުއްޔާއި ބިލުތައް ނުދެއްކި އެތައް މަހެއް ފާއިތުވެފައިވާ ކަމަށެވެ.

ސަރުކާރުން ވަނީ ކޮވިޑްގެ ސަބަބުން ކުރިމަތިވި މާލީ ދަތިކަމާ ހެދި، މިދިޔަ އަހަރު ވަނީ އެސްޑީއެފްސީ އާއި ބީއެމްއެލް މެދުވެރިކޮށް ދޫކުރި ރިލީފް ލޯނާއި ބީއެމްއެލް މެދުވެރިކޮށް ދޫކުރި އީއައިބީ ލޯނު ދޫކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ވިޔަފާރިތަކަށް 1.7 ބިލިއަން ރުފިޔާގެ ލޯނު މިހައިތަނަށް ދޫކޮށްފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.