ޚަބަރު ފީތާ

ޔޫރޯ 2020: ކްރޮއޭޝިއާ ކަޓުވާލާ ސްޕެއިން ކުއާޓާ އަށް

ޔޫރޯ2020 ފުޓްބޯޅަ މުބާރާތުގެ ގަދަ16 ވަނަ ބުރުގައި ކްރޮއޭޝިއާއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ސްޕެއިން ދަތުރުކޮށްފިއެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔައީ ސްޕެއިނުންނެވެ. އެގޮތުން ސްޕެއިން އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓަގެން ކުޅެމުން ދިޔަ ނަމަވެސް ފުރަތަމަ ލަނޑު ޖަހާ ލިޑުނެގީ ކްރޮއޭޝިއާއިންނެވެ. ސްޕެއިންއަށް ހެދުނީ ބޮޑު ގޯހެއްގެ ފައިދާ ނަގާ މެޗުގެ 20 ވަނަ މިނެޓުގައި ކްރޮއޭޝިއާ އިން ލީޑު ނެގި ލަނޑަކީ ސްޕެއިންގެ ކީޕަރު ސިމޮން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ސްޕެއިންގެ ޑިފެންސްލައިނުން ފަހަތަށް ކީޕަރު ސިމޮން އަށް ޖައްސާލި ބޯޅަ ކޮންޓްރޯލްކުރަން އުޅުމުގެ ތެރޭގައި އޭނާގެ ފައިގައި ޖެހިފައި ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ.

މި ލަނޑަށްފަހު ވެސް ކްރޮއޭޝިއާއަށް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ސްޕެއިން އިން ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 38 ވަނަ މިނެޓުގައެވެ. މި ލަނޑު ސްޕެއިންނަށް ޖަހައިދިނީ ސަރަބިއާއެވެ.

މި ލަނޑާއި އެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން އެއްވަރުވެ އޮވެއެވެ.

ދެވަނަ ހާފު ސްޕެއިން އިން ވަރުގަދަކޮށް ފެށިއިރު، ފަހުހާފުގެ ކުރީކޮޅު އެޓީމުން ވަނީ ދެވަނަ ލަނޑު ޖަހާ ލީޑުނަގާފައެވެ.  މިއީ ފެރާން ޓޮރޭޒް ހުރަސްކޮށްލި ބޯޅައަކުން ޑިފެންޑަރ ސެޒާ އަޒްޕިލިކުއެޓާ ކާމިޔާބުކުރި ލަނޑެކެވެ.

ސްޕެއިން އިން ލީޑު ފުޅާކޮށް ތިންވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ 76 ވަނަ މިނެޓުގައެވެ. ހިލޭ ޖެހުމެއްގައި ޕައު ޓޮރޭޒް ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކުރީ ފެރާން ޓޮރޭޒް އެވެ.

ސްޕެއިންއިން ދެ ލަނޑުގެ ލީޑެއް ނެގިނަމަވެސް އެޓީމަށް އެ ލީޑުގައި ހިފަހައްޓާލެވޭގޮތް ނުވިއެވެ. އެގޮތުން މެޗުގެ 85 ވަނަ މިނެޓުގައި އޯސިޗް ލަނޑެއްޖަހާ ނަތީޖާގެ ފަރަގު ކުޑަކުރިއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ތެރޭގައި ކްރޮއޭޝިއާއިން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އޯސިޗްގެ ހުރަހަކުން މި ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގައި ކުޅެން އެރި ޕަލެސިޗް އެވެ.

މެޗުގެ ފުރިހަމަ ވަގުތު ނިމުނީ ދެޓީމުވެސް 3-3 އިން އެއްވަަރުވެގެންނެވެ. އެއާއެކު ދެން ކުޅުނީ 15 މިނެޓުގެ އިތުރު ވަގުތުގެ ދެ ހާފެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ތެރޭގައި ސްޕެއިން ވަނީ ފުލުފުލު ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ އަނބުރާލާފައެވެ.

ސްޕެއިން އިން ފުރަތަމަ ލަނޑުޖަހާ ލީޑުނެގި އޮލްމޯ ދިން ބޯޅައަކުން އަލްވާރޯ މޮރާޓާ އެވެ. މި ލަނޑު ޖެހިތާ ކުޑައިރުކޮޅެއް ފަހުން ސްޕެއިންގެ ފަސްވަނަ ލަނޑު އޮޔަރްޒަބަލް ކާމިޔާބުކުރި އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: