ކޮވިޑް ޓެސްޓުގެ ނަތީޖާ ސިއްރު ކުރުމުން 4 އަހަރަށް ޖަލަށް

ކޮވިޑް ޓެސްޓުގެ ނަތީޖާ ސިއްރު ކުރުމުން އިންޑޮނީޝިއާގެ ދީނީ ޢިލްމުވެރިއަކު 4 އަހަރަށް ޖަލަށް ލާން ޙުކުމް ކޮށްފިއެވެ.

އިރުމަތީ ޖަކާޓާގެ ޑިސްޓްރިކްޓް ކޯޓުގައި ބުރާސްފަތި ދުވަހު ރިޒީޤް ޝިހާބަށް ޖަލު ހުކުމް އިއްވި ވަގުތު އޭނާގެ ސަޕޯޓަރުންގެ ބަޔަކު ކޯޓު ބޭރުގައި އެއްވެފައި ތިއްބެވެ. ޙުކުމް އިއްވަމުން އިސް ޣާޒީ ޚަދްވަންތޯ ބުނެފައި ވަނީ، މީސްތަކުންނަށް އޮޅޭ ގޮތަށް ޝިހާބް އަމަލު ކޮށްފައިވާ ކަމަށާއި އަދި ހަޤީޤަތާއި ޚިލާފް މަޢުލޫމާތު އާންމު ކުރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އެހެންނަމަވެސް ކޯޓުގެ މި ޙުކުމާ ޝިހާބް ވަނީ ދެކޮޅު ހަދައި، މި ޙުކުމާއި ދެކޮޅަށް ތެދުވާނެ ކަމަށް ބުނެފައެވެ. ޝިހާބްގެ ޤާނޫނީ ޓީމާއި އަދި ސަޕޯޓަރުން ބުނެފައި ވަނީ ޝިހާބަށް ކޮށްފައިވާ ޙުކުމަކީ ސިޔާސީގޮތުން ކޮށްފައިވާ ޙުކުމެއް ކަމަށެވެ. މީގެ ކުރިންވެސް ކޮވިޑްއިން ދިފާއުވުމަށް އިންޑޮނީޝިއާގައި އަޅާފައިވާ ސިއްޙީ ރައްކާތެރި ކަމުގެ ފިޔަވަޅު ތަކާއި ޚިލާފް ވުމުން ޝިހާބްއަށް ވަނީ 8 މަސްދުވަހުގެ ޖަލު ޙުކުމެއް ކޮށްފައެވެ. އެފަހަރު އޭނާއަށް ޙުކުމް ކޮށްފައި ވަނީ ރައްކާތެރިކަމުގެ ޤަވާއިދާއި ޚިލާފަށް ދީނީ އެއްވުމެއް ބޭއްވުމާއި އަދި އޭނާގެ އަންހެން ދަރިފުޅުގެ ކައިވެނީގެ ޙަފްލާ ބާއްވާފައި ވާތީއެވެ. މި ދެ ޙަފްލާއަށް ވެސް އެތައް ހާސް ބަޔަކު ވަނީ ހާޒިރު ވެފައެވެ. އަދި އެ ޙަފްލާތައް ބާއްވާފައި ވަނީ ސައުދީ އަރަބިއްޔާއަށް އަރުވާލިތާ 3 އަހަރު ފަހުން އެނބުރި ޤައުމަށް އައިސްއެވެ.

މި ޙަފްލާތަކަށް ފަހު ބޮގޮރ ސިޓީގައި ހުންނަ އުންމީ ހޮސްޕިޓަލްގައި ޝިހާބްއަށް ވަނީ ކޮވިޑް19 އަށް ފަރުވާވެސް ކޮށްފައެވެ، އެހެންނަމަވެސް ޝިހާބް ވެސް އަދި އެ ހޮސްޕިޓަލުން ވެސް އެކަން ވަނީ ސިއްރު ކޮށްފައެވެ. މަޢުލޫމާތު ސިއްރު ކުރުމުގެ ކުށުގައި އެ ހޮސްޕިޓަލްގެ ޑިރެކްޓަރ އަންދީ ޓާޓަރް އަށް ވެސް ވަނީ ދައުވާ ކޮށްފައެވެ.

ކޮވިޑް19 ޖެހި ބަލިވެފައި ހުރިއިރުވެސް ސިއްޙަތު ރަނގަޅު ކަމަށް އަދި ބަލި ނުވާ ކަމަށް ބުނެ ސޯޝަލް މީޑިއާއާއި ނޫސްތަކަށް މަޢުލޫމާތު ދިނުމުން އެތައް ބަޔަކު ނުރައްކަލުގެ ތެރެއަށް ވައްޓާލި ކަމަށް ބުނެ ޝިހާބަށް ދައުވާ ކޮށްފައިވާއިރު، އޭނާއަށް ވާގިވެރިވި ކަމުގެ ކުށުގައި އޭނާގެ ދަނބިދަރި ހަނީފް އަލްތާސް ވެސް ވަނީ 2 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައެވެ.

ކޮވިޑް ފެތުރުން އިންޑޮނީޝިއާގައި ވަނީ އިންތިހާއަށް އިތުރު ވެފައެވެ. އެގޮތުން ބުދަ ދުވަހު އެކަނި ވެސް 15،308 މީހުން އެބައްޔަށް ފައްސި ވެފައި ވެއެވެ. އަދި ޖުމްލަ ފައްސި ވެފައި ތިބި މީހުންގެ ޢަދަދު ވަނީ 2.033،421 އަށް އަރާފައެވެ. އޭގެތެރެއިނ 55،594 މީހުންގެ ހާލު ސީރިއަސް ކަމަށް ސިއްޙީ ވުޒާރާއިން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.