ޔޫރޯ 2020 ގަދަ 16: ނެދަލެންޑްސް – ޗެކް ރިޕަބްލިކް
ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ތިންވަނަ މެޗުގައި މިރޭ 9 ޖަހާއިރު، ޗެކްރިޕަބްލިކް އާއި ނެދަލެންޑްސް ބައްދަލުކުރާނެއެވެ.
ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސީގައި ހިމެނުނު ނެދަލެންޑްސް އިން އެޓީމު ހިމެނުނު ގުރޫޕްގެ މެޗުތައް ނިންމާލީ އެއްވެސް މެޗަކުން ބަލިނުވެ ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ. ގްރޫޕް ސްޓޭޖް ކާމިޔާބުކަމާއެކު ނިންމާލި ނެދަލެންޑްސް ގަދަ 16 ބުރުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާ އަނެއްޓީމަކީ ގްރޫޕް ޑީ ގެ ތިންވަނަ ޓީމުގެ ގޮތުގައި ގަދަ 16 ވަނަ ބުރަށް ދަތުރުކުރި ޗެކްރިޕަބްލިކްއެވެ.
ނެދަލެންޑްސް ގުރޫޕް ސްޓޭޖުގައި ނެރެފައިވާ ނަތީޖާތަށް
ނެދަލެންޑްސް ގަދަ 16 އިން ޖާގަ ހޯދީ ގުރޫޕް ސީގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
ނެދަލެންޑްސް 3 – ޔޫކްރެއިން 2
ނެދަލެންޑްސް 2 – އޮސްޓްރިއާ 0
ނެދަލެންޑްސް 3- ނޯތް މެސެޑޯނިއާ 0
ޖުމްލަ ޕޮއިންޓް: 9
ނެދަލެންޑްސް އާއި ދެކޮޅަށް މިރޭ ނިިކުންނަ ޗެކްރިޕަބްލިކް ގަދަ 16 އިން ޖާގަ ހޯދީ ގުރޫޕް ޑީގެ ތިންވަނަ ޓީމުގެ ގޮތުގައެވެ.
ޗެކް ރިޕަބްލިކް ގުރޫޕް ސްޓޭޖުގައި ނެރެފައިވާ ނަތީޖާތައް
ޗެކް ރިޕަބްލިކް ގަދަ 16 އިން ޖާގަ ހޯދީ ގުރޫޕް ޑީގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އެއް މެޗުން ބަލިވެ އެއް މެޗުން އެއްވަރުވެ، ޖުމްލަ ހަތަރު ޕޮއިންޓު ހޯދައިގެން ގުރޫޕުގެ ތިންވަނަ ޓީމުގެ ގޮތުގައެވެ.
ޗެކް ރިޕަބްލިކް 2 – ސްކޮޓްލެންޑް 0
ޗެކް ރިޕަބްލިކް 1 – ކްރޮއޭޝިއާ 1
ޗެކް ރިޕަބްލިކް 0 – އިންގްލެންޑް 1
ޖުމްލަ ޕޮއިންޓް: 4
ނެދަލެންޑށް އަދި ޗެކް ރިޕަބްލިކް ތާރީޚީ ކުރިމަތިލުންތައް
ނެދަލެންޑްސް އަދި ޗެކްރިޕަބްލިކް މީގެ ކުރިން 11 ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެ ތެރެއިން ފަސް ފަހަރު ޗެކް ރިޕަބްލިކް މޮޅުވެފައިވާއިރު، ނެދަލެންޑްސް މޮޅުވެފައިވަނީ ތިން ފަހަރުއެވެ. ތިން މެޗުން ވަނީ އެއްވަރުވެފައެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2015 ވަނަ އަހަރު ޔޫރޯ ކޮލިފައިން މެޗެއްގައެވެ. އެ ފަހަރުގެ މެޗު ވަނީ 2-3 އިން މޮޅުވެފައިވަނީ ޗެކް ރިޕަބްލިކް އެވެ.
މިރޭގެ މެޗަށް ނިކުންނައިރު ދެޓީމުގެ މިވަގުތުގެ ހާލަތު
ނެދަލެންޑްސް
އަނިޔާގައި: ލޫކް ޑި ޔޮން
މިރޭ ޗެކް ރިޕަބްލިކްއާއި ދެކޮޅަށް ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން
ގޯލް ކީޕަރު މޭޓެން ސްކެޓެންބާގް، ސްޓެފަން ޑި ވުރެއި، ޑޭލީ ބްލައިންޑް، ޑެލިޓް، ޑަމްފްރައީސް، ޑިޔަން، ޑިރޫން، ވޭން އާންހޯލްޓް، ވިނެލްޑަމް، ވެހޯސްޓް، ޑިޕާއި
ޗެކް ރިޕަބްލިކް
މިރޭ ނެދަލެންޑްސްއާއި ދެކޮލަށް ނިކުންނައިރު، ޗެކް ރިޕަބްލިކް ޓީމުގައި އަނިޔާގެ މައްސަލައެއް ނެތް ނަމަވެސް ސަސްޕެންސަނުގެ މައްސަލައެއް އެބައުޅެއެވެ. ސަސްޕެންޝަނުގައި ހުރި ކުޅުންތެރިއަކީ ޖެން ބޮރިލްއެވެ.
މިރޭ ނެދަލެންޑްސްއާއި ދެކޮޅަށް ނެރޭނެ ކަމަށް ބެލެވޭ 11 ކުޅުންތެރިން
ގޯލް ކީޕަރ ތޯމަސް ވަޗްލިކް، ޗޯފަލް، ޗެލުސްކާ، ކަލަސް، މަޓެއޫ، ހޯލެސް، ސެވްޗިކް، މަސެޕޫސްޓް، ޑަރިޑާ، ޔަންގްތޯ، ޝީކް
ނެދަލެންޑްސް އަދި ޗެކްރިޕަބްލިކް ބައްދަލުކުރާ މި މެޗު ފަށާނީ މިރޭ ރާއްޖޭގަޑިން މިރޭ 9 ޖަހާއިރުގައެވެ.