އެސްޓީއޯގެ ކޮންސްޓްރަކްޝަން ވިއްކަން އަތޮޅުތެރޭގައި ވިއްކަން އެޖެންޓުން ހަމަޖައްސައިފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު ވިއްކުމަށް އެޖެންޓުން ހަމަޖައްސައިފި އެެވެ.

އެސްޓީއޯ އިން ބުނީ މިކަަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމުން އެޖެންޓަކަށް ވުމުގެ ފުރުސަތު ހުޅުލާލާފައިވަނީ މިދިޔަ މާރޗް މަހު އެވެ.

އިޝްތިހާރު Below Header ad

އެ ފުރުސަތުގައި ޝައުގުވެރިކަން ފާޅުކުރީ ވެސް 22 ފަރާތުން ކަމަށާއި ޕްރޮޕޯސަލް ހުށަހެޅި ހުރިހާ ފަރާތްތައް އެޖެންޓުންގެ ގޮތުގައި އައްޔަނު ކޮށްފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އަދި މިގޮތަށް ހަމަޖެއްސީ އެ ހުރިހާ ފަރާތްތަކަކީ ވެސް ޝަރުތު ހަމަވާ ފަރާތްތައް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެ ފަރާތްތަކަށް އެޖެންޓުކަން ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯ އެނަރޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރ މުހައްދު އީމާން ވިދާޅުވީ މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ރަނގަޅު ނަފާއެއް ލިބުމަށް މަގުފަހި ވާނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތްކުރުމަށް ބޭނުންވާ ސާމާނު އަތްފޯރާ އަގުތަކެއްގައި ހުސްނުވެ ލިބޭނެކަން ޔަގީންކުރެވޭނެ ކަމަށެވެ.

އެސްޓީއޯ އިން އެޖެންޓުން ހޯދުމަށް މާރޗް މަހު ފުރުސަތު ހުޅުވާލީ ވަކިވަކި އަތޮޅުތަކަށެވެ. އެހެންނަމަވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތްކުރުމުގެ ސާމާނު ވިއްކަން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެފުރުސަތު ފަހުންވަނީ ހުޅުވާލާފަ އެވެ.

އެޖެންޓުން ހޮވުމުގައި ރަށްރަށުގައި ތިބި ވިޔަފާރިތަކަށް އިސްކަން ދޭއިރު، ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފޯމު ހުށަހެޅޭނެ އެވެ. ފޯމް އެސްޓީއޯ ވެބްސައިޓް އިން ލިބެނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.