ދިރާގުން އެކްޓިވޭޓް ކުރައްވާ ބޫސްޓަރތަކުން ދެގުނަ އިތުރު ޑޭޓާ!

ދިރާގު ޚިދުމަތްތަކުން އެކްޓިވޭޓް ކުރައްވާ ބޫސްޓަރތަކުން %100 އިތުރު ޑޭޓާ އެލަވަންސް ދިނުމަށް އެ ކުންފުނިން ނިންމައިފި އެވެ.

ދިރާގުން ބުނީ ދިރާގުން ހިލޭ އިތުރު ޑޭޓާ އަދި ޑޭޓާގެ ޚާއްސަ އޮފަރތަކެއް މިދިޔަ މެއި މަހުން ފެށިގެން ދޭން ފަށާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ސަރުކާރާއި ކަމާ ބެހޭ އިދާރާތަކުން ރައްޔިތުން ގޭގައިތިބުމަށް އަންގަވާފައިވާ މި ދަނޑިވަޅުގައި ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރަށްވާ ކޮންމެ ބޫސްޓަރ އަކުން ދެ ގުނަ އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ދިރާގު “ވަގުތުން ގެއަށް އިންޓަރނެޓް” އަދި ދިރާގު ޑޭޓާ ސިމް އިން އެކްޓިވޭޓް ކުރައްވާ ބޫސްޓަރތަކުންވެސް %100 އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ކަސްޓަމަރުން އެކްޓިވޭޓް ކުރައްވާ ބޫސްޓަރތަކަށް ހިލޭ އިތުރު ޑޭޓާ ލިބޭނީ 30 ޖޫން 2021 ގެ ނިޔަލަށެވެ.

ދިރާގުން އުންމީދުކުރަނީ، މި ފޯރުކޮށްދީފައިވާ ހިލޭ އިތުރު ޑޭޓާގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބި، ގޭގައި ރައްކާތެރިކަމާއެކު ތިބުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.