
ފުލުހުންގެ އެހީއާއެކު ޕީޕީއެމް އޮފީސް ހުޅުވުމައްފަހު ރައީސް ޔާމީނަށް ތާއީދުކުރާ ބަޔަކު އޮފީހައް ވަދެއްޖެ.
ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ހ. ތެމާގައި ހުންނަ ޕީޕީއެމްގެ މައި އޮފީހަށް ވަދެއްޖެ އެވެ.
ރައީސް ޔާމީންގެ ފެކްޝަނުގެ ބޭފުޅުން މިރޭ ޕީޕީއެމް ގެ މައި އޮފީހަށް ވަދެފައިވަނީ ފުލުހުންގެ އެހީތެރިކަމާ އެކުގައިކަމަށް މައުލޫމާތު ލިބެއެވެ.
އެގޮތުން ޕީޕީއެމް އޮފީހުގެ ދޮރުގައި ހަރުކޮށްފައިވާ ތަޅު ނައްޓާލުމަށްފަހު ރައީސް ޔާމީނަށް ތާއިދުކުރައްވާ ބައެއް ބޭފުޅުން އޮފީހަށް މިރޭ ވަދެފައިވާއިރު އޭގެ ތެރޭގައި އިސްކޮށް ހުންނެވީ ދާންދޫ ދާއިރާގެ އަސްއަދު އެވެ.
އެފަރާތް ތަކުން ޕީޕީއެމް މައި އޮފީހައް މިރޭ ވަދެފައިމިވަނީ މައުމޫންގެ ފެކްޝަނަށް ނިސްބަތްވާ ބައެއް ފަރާތްތަކާ ދެމެދު ހިނގި ހަމަނުޖެހުންތަކަށްފަހުގައިކަން ވެސް ފާހަހަގަކޮށްލެވެއެވެ. އެގޮތުން ޕީޕީއެމް އޮފީހުގައި އަޅުވާފައިވާ ތަޅު ނައްޓާލައި ރައީސް ޔާމީނަށް ތާއިދުކުރައްވާ ފަރާތްތަކުން އޮފީހަށް ވަންނަ އުޅުމުން ބޮޑު ހަމަނުޖެހުމެއް ވެސް ވަނީ ދެ ފެކްޝަންގެ ދެމެދު ހިނގާފައެވެ.
އެޓޯލްނިއުސްއަށް މައުލޫމާތު ލިބޭގޮތުން ރައީސްޔާމީނަށް ތާއިދުކުރާ ބަޔަކު ޕީޕީއެމްގެ މައި އޮފީހައް ވަދެފައިވާތީ މައުމޫނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މި މައްސަ މިހާރު ޕޮލިހައްވެސް ހުށައަޅާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެފަރާތްތަކަށް ޕީޕީއެމްގެ މައި އޮފީހަށް ވަންނަން ފުރުސަތު ދިނީ ކޯޓުން ކޮށްފައިއޮތް ހުކުމާ އެއްގޮތަށް ކަމަށެވެ.
ޕީޕީއެމް ރައީސް މައުމޫނު ފެކްޝަނުން މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާއިރު މީގެ އިތުރުން މިމައްސަލައާއި ގުޅޭގޮތުން މިރޭ ކުއްލި ކައުންސިލް ބައްދަލުވުމެއް ބާއްވަން ވެސް ނިންމާފައި ވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.



