ޚަބަރު ފީތާ

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވިއްސާރަކޮށް، ގުގުރުން އެކަށީގެންވޭ: މެޓް

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވިއްސާރަކޮށް، ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެ އިދާރާ އިން ބުނީ ހުޅަނގާއި ހުޅަނގުއުތުރުން ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ. އަދި އެހެން ހިސާބުތަަކުގައި ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން އިތުރަށް ބުނި ދެކުނުގައި އާދައިގެވަރަކަށް ކަނޑު މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެވަރަކަށް ކަނޑު ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށެވެ.

ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަ ފޫޓާއި ދެމެދުގެ އުސްމިނެއްގައި ކަމަށް ވެސް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައި ވެއެވެ.

Like
Like Love Haha Wow Sad Angry