ޔޫރޯ 2020: (ގުރޫޕް އެފް) ޕޯޗުގަލް – ފްރާންސް

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ މަރުގެ ގްރޫޕް ކަމަށްވާ ގްރޫޕް އެފް ގެ އެންމެ ފޯރިގަދަވާނެ އެއް މެޗަކީ އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން ޕޯޗުގަލާއި ދުނިޔޭގެ ޗެމްޕިއަން ފްރާންސް މިރޭ ބައްދަލުކުރާ މެޗެވެ. މި މެޗު ބެލުމަށް ވިނަ ބަޔަކު ކެއްމަދުވެފައި ތިބިއިރު، މިރޭގެ މި މެޗަކީ މިފަހަރުގެ ޔޫރޯގައި ކުޅޭނެ އެންމެ ފޯރިގަދަ އެއް މެޗަށް ވާނެއެވެ.

މިރޭ ގުރޫޕް ސްޓޭޖުގެ ފަހު މެޗަށް ޕޯޗުގަލް އަދި ފްރާންސް ނުކުންނައިރު ފްރާންސްއަށް ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައެވެ. އެހެން ނަމަވެސް ޕޯޗުގަލް އަށް ދެވަނަ ބުރަށް ދެވެން އޮތީ މި މެޗުން މޮޅެއް ނޫނީ އެއްވަރުވެ ޕޮއިންޓެއް ހޯދައިގެންނެވެ.

އިޝްތިހާރު Below Header ad

ގިރޫޕް އެފްއަށް ބަލާއިރު، ޕޯޗުގަލް ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ހަންގޭރީ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެކަމަކު ދެވަނަ މެޗުގައި ވަނީ ޖަރުމަން އަތުން 4-2 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި ޔޫރޯގެ ފުރަތަމަ މެޗުން ޖަރުމަން އަތުން 1-0 ގެ ނަތީޖާއަކުން ފްރާންސް މޮޅުވިއިރު، ދެވަނަ މެޗުގައި ވަނީ ހަންގޭރީއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

ޕޯޗުގަލް އަދި ފްރާންސްގެ ތާރީޚީ ބައްދަލުކުރުންތައް

ފްރާންސް އަދި ޕޯޗުގަލްގެ ކުރިމަތިލުންތަކަށް ބަލާއިރު، މީގެ ކުރިން މި ދެޓީމު ވަނީ 26 ފަހަރު ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން 18 ފަހަރު ފްރާންސް މޮޅުވެފައިވާއިރު، ޕޯޗުގަލްއަށް މޮޅުވެވިފައިވަނީ އަށް ފަހަރުއެވެ. ދެމެޗު ވަނީ އެއްވަރުވެފައެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޭޝަންސް ލީގުގައެވެ. މި މެޗު 0-1 ގެ ނަތީޖާއިން މޮޅުވެފައިވަނީ ފްރާންސްއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.