ޔޫރޯ 2020: (ގުރޫޕް ޑީ) އިންގްލެންޑް – ޗެކް ރިޕަބްލިކް

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި މިރޭ ގްރޫޕް ޑީ ގައި ހިމެނޭ ޗެކް ރިޕަބްލިކާއި އިންގްލެންޑް ބައްދަލުކުރާނެއެވެ. މިރޭގެ މެޗަށް ނިކުންނައިރުވެސް މި ދެ ޓީމު ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މީގެން ކޮންމެ ޓީމަކަށް ވެސް މިހާރު ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެ ޓީމަށް އަނެއް ބުރުގެ ފުރުސަތު ލިބުނީ ވާދަކުރާ ގްރޫޕުގެ ގަދަ ދެ ޓީމުގެ ތެރޭގައި ނުހިމެނުނު ނަމަވެސް، އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިންވަނައަށް ދާ ޓީމުތަކުގެ ރޭންކިންގެ ތެރެއިން ނޮކައުޓް ބުރުގެ ޖާގައެއް ކަަށަވަރުވާތީއެވެ. މިރޭގެ މެޗުން މޮޅުވާ ޓީމަކަށް ގުރޫޕުގެ އެއްވަނަ ލިބިގެންދާނެއެވެ.

އިންގްލެންޑް ވަނީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ކްރޮއޭޝިއާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅެވަފައެވެ. ދެވަނަ މެޗުގައި ސްކޮޓްލެންޑާއި ވާދަކޮށް އެޓީމު ވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ.  ޗެކް ރިޕަބްލިކް ވެސް ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ސްކޮޓްލެންޑް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ދެވަނަ މެޗުގައި ވަނީ ކްރޮއޭޝިއާއާ ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

އިޝްތިހާރު Below Header ad

ގްރޫޕް ޑީއަށް ބަލާއިރު، މި ގްރޫޕުގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއި އެކު މިވަގުތު އޮތީ ޗެކް ރިޕަބްލިކްއެވެ. ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން މި ގުރޫޕްގެ ދެވަނާގައި އޮތީ އިންގްލެންޑެވެ. ޗެކް ރިޕަބްލިކަށް ގުރޫޕުގެ އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތިންވަނާގައި ކްރޮއޭޝިއާ އޮތް އިރު، ގުރޫޕުގެ ފުލުގައި އޮތީ ސްކޮޓްލެންޑެވެ. މި ދެޓީމައްވެސް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާއިރު، ކްރޮއޭޝިއާއަށް ތިންވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

އިންގްލެންޑް އަދި ޗެކް ރިޕަބްލިކްގެ ތާރީޚީ ކުރިމަތިލުންތައް

އިންގްލެންޑް އަދި ކްރޮއޭޝިއާ މިހާތަނަށް ބައްދަލުކޮށްފައިވަނީ ހަތަރު ފަހަރުއެވެ. އޭގެ ތެރެއިން އިންގްލެންޑް ދެފަހަރު މޮޅުވިއިރު، ޗެކް ރިޕަބްލިކަށް މޮޅުވެވިފައިވަނީ އެންމެ ފަހަރަކުއެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2019 ވަނަ އަހަރު ޔޫރޯ ކޮލިފައިންގައެވެ. އެފަހަރު 1-2 ގެ ނަތީޖާއިން މޮޅުވެފައިވަނީ ޗެކް ރިޕަބްލިކް އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.