އެމްބިއުލާންސް ޚިދުމަތަށް ޚާއްސަ މުއައްސަސާއެއް އުފައްދަނީ!

އެމްބިއުލާންސް ޚިދުމަތަށް ޚާއްސަ މުއައްސަސާއެއް އުފައްދަން ނިންމާ، އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީީމު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމުގައި ޖަވާބުދާރީވެވަޑައިގަންނަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ ރުހުން ވެސް ހޯއްދަވާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

” އެމްބިއުލާންސަށް ޚާއްސަ ވަކި މުވައްސަސާއެއް އޮންނަން ޖެހޭ. ހެލްތް މިނިސްޓްރީން އެކަނި މިކަން ނުކުރެވޭނެ. މިހާރު އެފަދަ މުވައްސަސާއެއް އުފެއްދުމުގެ މަސައްކަތްތައް ވަނީ ފަށާފަ.” މިނިސްޓަރ ނަސީމު ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރ ނަސީމު ވިދާޅުވީ އެމްބިއުލެންސް ދުއްވާ ބެލެހެއްޓުމަކީ ހެލްތު މިނިސްޓްރީން ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އެހެންވީމާ އެކަމަށް ވަކި ޚާއްސަ އިންޑެޕެންޓެންޑް ޔުނިޓެއް އޮންނަންޖެހޭ ކަމަށެވެ. އަދި އެއީ ވިޔަފާރި ކުންފުންޏެއް ނޫން ކަމަށާއި އެހެން ނަމަވެސް ޚިދުމަތެއް އަދާ ކުރާ އެންޓިޓީއަކަށް ވާނެ ކަމަށެވެ.

މާލެ ސިޓީ ކޮވިޑްގެ ރެސްޕޮންސް ނިޒާމް މިހާރު ހަރުދަނާކޮށް, އެމްބިއުލާންސަށް ޚާއްސަ މެޑިކަލް އެމަޖެންސީ ޚިދުމަތެއް ވަރަށް އަވަހަށް ގާއިމުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.

އެމްބިއުލަންސް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރަން ސަރުކާރުން މަސައްކަތްތަކެއް ކުރަން ފަށާފައިވަނީ އެމްބިއުލެންސް އައުން ލަސްވެ, ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން މި މަހު ކުރީކޮޅު އުމުރުން 10 އަހަރުގެ ކުޑަކުއްޖަކު ނިޔާވުމުން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.