ޔޫރޯ 2020: ގްރޫޕް އޭ- ގަދަ 16 އަށް އިޓަލީއާއި ވޭލްސް

ޔޫރޯ 2020 ގެ ގްރޫޕް އޭ އިން ގަދަ 16 ވަނަ ބުރަށް އިޓަލީއާއި ވޭލްސް ދަތުރުކޮށްފިއެވެ.

އިޓަލީ ގަދަ 16 ވަނަ ބުރަށް ދަތުރުކުރީ ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ވޭލްސް ދަތުރުކީ ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

އިޝްތިހާރު Below Header ad

ގްރޫޕް އޭ އިން އިޓަލީ ދެވަނަބުރަށް ދިޔައީ އެއްވަނަ މަގާމުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެން 9 ޕޮއިންޓާއި އެކުގައެވެ. ދެވަނަ ޓީމުގެ ގޮތުގައި ވޭލްސް ދަތުރުކުރީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެވެ.

މިރޭ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ތުރުކީއާއި ދެކޮޅަށް ކުޅެ މޮޅުވި ސްވިޒަލޭންޑަށް ވެސް ވޭލްސްއާއި އެއްވަރަކަށް ޕޮއިންޓު ލިބިފައިވާއިރު، ވޭލްސް އަށް ގަދަ 16 އިން ފުރުސަތު ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މި ގްރޫޕުގެ އެންމެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ތުރުކީއެވެ.

މިރޭގެ މެޗުގައި އިޓަލީގެ ހަމައެކަނި ލަނޑު މެޗުގެ 39 ވަނަ މިނެޓުގައި ޖަހައިދިނީ ޕެސީނާއެވެ.

ތުރުކީ އާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ސްވިޒަލޭންޑުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ސަފްރޮވިޗްއެވެ. ސްވިޒަލޭންޑުން މެޗުގެ ލީޑު ފުޅާކުރި ލަނޑު 26 ވަނަ މިނެޓުގައި ޖެހީ ޝަގީރީ އެވެ.

ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި ތުރުކީގެ ހަމަ އެކަނި ލަނޑު ޖެހީ އިރްފާން އެވެ. ސްވިޒަލޭންޑްގެ ތިންވަނަ ލަނޑު ވެސް ޖަހައިދިނީ މެޗުގެ ދެވަނަ ލަނޑުވެސް ޖަހައިދިން ޝަގީރީއެވެ.

މިރޭގެ މި ނަތީޖާއާއެކު ސްވިޒަލޭންޑަށް ގުރޫޕުގެ ތިންވަނަ ލުބުނުއިރު، އަދިވެސް ދެވަނަބުރުގެ ފުރުސަތު އެޓީމަށް އެބައޮތެވެ. އެއީ ތިންވަނައިގައި ހިމެނޭ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.