އައިޖީއެމްއެޗު ލެބޯޓްރީގެ ޚިދުމަތް މާދަމާ އަލުން ފަށަނީ!

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްް (އައިޖީއެމްއެޗް) ލެބޯޓްރީގެ ޚިދުމަތް މާދަމާ އަލުން ފަށަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ކުރި ޓްވީޓެއްގައި ބުނީ ޖޫން 21 ވާ ހޯމަ ދުވަހުން ފެށިގެން އައި.ޖީ.އެމް.އެޗްގެ ލެބޯޓްރީން އިމަޖެންސީކޮށް ހަދާ ޓެސްޓުތައް ފިޔަވާ އެހެނިހެން ޓެސްޓުތަކަށް ކުރިއެކޭވެސް އެއްފަދައިން، ހެނދުނު 8 ން މެންދުރުފަހު 2 އާހަމައަށް މެދުނުކެނޑި ނަންބަރު ދޫކޮށް ޚިދުމަތް ދެވޭނެ ކަމަށެވެ.

އިޝްތިހާރު Below Header ad

މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު އައިޖީއެމް ހޮސްޕިޓަލުން ޚިދުމަތް ދޭ މިންވަރު ލިމިޓްކޮށް، ލެބޯޓްރީގެ ޚިދުމަތް ހޯދުމަށް ދުވާލަކަށް ދޫކުރަމުން ދިޔައީ 200 މީހުންނަށެވެ.

2020 ފެބްރުއަރީ 29 ގައިޕީސީއާރް ޓެސްޓްކުރަން ފެށި އައިޖީއެމްއެޗް އިން ވަނީ 7 މާރޗު ގައި ރާއްޖެއިން ކޮވިޑް19ގެ ފުރަތަމަ ކޭސް ފެނުނު ހިސާބުން ފެށިގެން ލެބޯރެޓަރީން 24 ގަޑިއިރު މެދުނުކެނޑި ކޮވިޑް ޕީސީއާރް ހެދުމުގެ މަސައްކަތް ފަށާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.