ޚަބަރު ފީތާ

86 މެމްބަރުންގެ ވޯޓާއެކު އެމްޓީސީސީގެ ހިއްސާއަކަށް 3 ރުފިޔާ ބަހަން ފާސްކޮށްފި

86 މެމްބަރުންގެ ވޯޓާއެކު އެމްޓީސީސީގެ ހިއްސާއަކަށް 3 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.

މިގޮތަށް ފާސްކުރީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ “ފަހިވޯޓް” މެދުވެރިކޮށް ބޭއްވި އެމްޓީސީސީގެ 2020 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ.

މި ޖަލްސާގައިއެ ޖަލްސާގައި ކުރިއަށް އޮތް އަހަރު އެމްޓީސީސީގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިސް ވޯޓަރހައުސް ކޫޕާސް (ޕީޑަބްލިއުސީ) ކަނޑައަޅަން ވެސް ވަނީ ފާސްކޮށްފަ އެވެ.

2020 ވަނަ އަހަރުގެ ހިއްސާގެ ފައިދާއަށް، މޫނުމަތީ އަގު ފަސް ރުފިޔާގެ ހިއްސާއަކަށް ތިން ރުފިޔާ ބަހަން އަހަރީ އާއްމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 86 ޕަސެންޓުގެ ވޯޓު ވަނީ ދެއްވާފަ އެވެ.

މިދިޔަ 2020 ވަނަ އަހަރު އެމްޓީސީސީ ގްރޫޕުން 1.38 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވާ އިރު، ސާފު ފައިދާގެ ގޮތުގައި 190.69 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިއީ 2019 ވަނަ އަހަރު ލިބުނު ސާފު ފައިދާއަށްވުރެ 258 ޕަސެންޓު އިތުރު އަދަދެކެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުރިއަށް އޮތް ދައުރަށް ޑިރެކްޓަރުންގެ ބޯޑަށް އައްޔަން އަދި އިންތިޚާބު ކުރެވިފައިވާ ފަރާތްތައް ވެސް ވަނީ އިއުލާނު ކޮށްފަ އެވެ.

އެގޮތުން ސަރުކާރުގެ ފަރާތުން އެމްޓީސީސީގެ ބޯޑަށް އައްޔަން ކޮށްފައިވަނީ، އެ ކުންފުނީގެ ޗެއަރމަން މުހައްމަދު ފަހީމް، ސީއީއޯ އާދަމް އާޒިމް، ޗީފް އޮޕަރޭޓިން އޮފިސަރ ޝާހިދު ހުސައިން މޫސާ، ސިނާން އަލީ އަދި މުހައްމަދު ފަރީދު އެވެ.

މީގެ އިތުރުން ޢާންމު ހިއްސާދާރުންގެ ތެރެއިން އައްޔަން ކޮށްފައި ވަނީ ނަސްރަތު މުހައްމަދު އާއި މުހައްމަދު އިމްރާން އަދްނާނެވެ.

Like
Like Love Haha Wow Sad Angry