ޚަބަރު ފީތާ

ޔޫރޯ 2020: ސްޕެއިން އާއި ޕޮލެންޑް މެޗު ވީ އެއްވަރު

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އީގައި ރޭ ސްޕެއިން އާއި ޕޮލޭންޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެެެވެ.

ސްޕެއިން އަދި ޕޮލެންޑް ބައްދަލުކުރި ނި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗު ފަށައިގެން ރަނގަޅަށް ކުޅެ ނުރައްކާކުރީ ޕޮލޭންޑުންނެވެ. އެހެން ނަމަވެސް ސްޕެއިނުން ވަނީ މެޗުގެ 26 ވަނަ މިނެޓުގައި ލަނޑުޖަހާ ލީޑުނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ އަލްވާރޯ މޮރާޓާ އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޖެރާޑް މޮރޭނޯ ތަނަވަސްކުރި ބޯޅައަކުން އޭރިއާ ތެރެއަށް ވަދެ ވަރަށް ހުސްކޮށް ހުރެއެވެ.

މި ލަނޑަށް ފަހުވެސް ރަނގަޅަށް ކުޅެމުން ދިޔައީ ސްޕެއިނުންނެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ ސްޕެއިން ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ޕޮލެންޑުންނެވެ. މި ހާފުގެ ކުރީކޮޅު ރަނގަޅު ފުރުސަތުތަކެއް އުފެއްދުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 54 ވަނަ މިނެޓުގައި ޕޮލެންޑުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ކެޕްޓަން ލެވަންޑޮސްކީ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ތެރެއަށް ޖޮޒެވިއަކް ނަގައިދިން ހުރަހަކުންނެވެ.

މި ލަނޑު ޖެހިތާ މިނެޓެއް ނުވަނީސް ސްޕެއިންއަށް ޕެނަލްޓީއެއް ލިބުނެވެ. މިއީ ޕެނަލްޓީ އޭރިއާ ތެރެއިން ސްޕެއިންގެ މޮރޭނޯ އަށް ޕޮލެންޑްގެ މޮޑާ ކުރި ފައުލަކާއި ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް މޮރާޓާ ފޮނުވާލި މި ޕެނަލްޓީ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

ރޭގެ މި ނަތީޖާއާއި އެކު ދެމެޗުން ލިބުނު ދެޕޮއިންޓާއި އެކު ސްޕެއިން އޮތީ ގުރޫޕުގެ ތިންވަނާގައެވެ. ސްޕެއިން ގުރޫޕް ސްޓޭލޭޖުގައި އެންމެ ފުރަތަމަ ކުޅުނު މެޗުންވެސް ވަނީ އެއްވަރުވުވެފައެވެ.  ފުލުގައި އެއް ޕޮއިންޓާއެކު އޮތީ ޕޮލޭންޑެވެ. މި ގްރޫޕް އެއްވަނައިގައި 4 ޕޮއިންޓާއެކު ސްވިޑަން އޮތްއިރު ދެވަނައިގައި އޮތީ ސްލޮވާކިޔާ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ޔޫރޯ 2020: ސްޕެއިން އާއި ޕޮލެންޑް މެޗު ވީ އެއްވަރު"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.