ކޮވިޑާއި ގުޅިގެން އޭއީއެޗް އިން މެދުކަނޑާލި ބައެއް ޚިދުމަތްތައް އަލުން ފަށަން ނިންމައިފި

ކޮވިޑާއި ގުޅިގެން އައްޑު އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މެދުކަނޑާލި ބައެއް ޚިދުމަތްތައް އަލުން ފަށަން ނިންމައިފި އެވެ.

އެ ސިޓީގައި ކޮވިޑު ބަލީގެ ކޮމިއުނިޓީ ސްޕްރެޑުގެ ސަބަބުން މެދުކަނޑާލާފައިވާ ބައެއް ޚިދުމަތްތައް އަލުން ފެށުމަށް ނިންމާފައިވަނީ މިއަދުން ފެށިގެން ނެވެ.

އިޝްތިހާރު Below Header ad

އޭއައިއެޗް އިން ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ ހުޅުމީދޫ، މަރަދޫ އަދި ފޭދޫ ސިއްހީ މަރުކަޒުގައި ސްޕެޝަލިސްޓް ފިޒިކަލް ކޮންސަލްޓޭޝަން ފަށާނެ ކަމަށެވެ.

އެގޮތުން ހުޅުމީދޫ ސިއްހީ މަރުކަޒަށް ހަފުތާއަކު 2 ދުވަހު އަދި މަރަދޫ އާއި ފޭދޫ ސިއްހީ މަރުކަޒަށް ކޮންމެ ދުވަހަަކު ވެސް ޕެޝަލިސްޓު ޑޮކްޓަރުން ޒިޔާރަތް ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އަދި އޭއީއެޗް ގައި ފިޒިކަލް ކޮންސަލްޓޭޝަން ދޭނީ އޮންލައިން ކޮންސަލްޓޭޝަނަށް ފަހު، ހޮސްޕިޓަލަށް ގެންނަންޖެހޭކަމަށް ކަނޑައެޅޭ ފަރާތްތައް އެކަނި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެ ހޮސްޕިޓަލުން ބުނީ އޯޕީޑީގެ ޚިދުމަތް ފެށޭ އިރު، ކޮވިޑުގެ ހާލަތަށް ރިޔާއަތްކޮށް އެއްތަންވުން ކުޑަކުރުމުގެ ގޮތުން ޚިދުމަތް ދެވޭނީ އަދަދު މަދުކޮށް ދުވާލަކަށް ކަނޑައެޅޭ ވަކި ޢަދަދަކަށް ކަމަށެވެ.

“ރޫޓިންގ އެމްއާރްއައި، ސީޓީ، އެކްސްރޭ، އެކޯ، އީއީޖީ، އީއެމްޖީ އަދި މެމޮގްރަފީގެ ޚިދިމަތް ފެށޭނެ ކަަމަށާއި ޚިދުމަތް ދެވޭނީ ބަލިމީހާގެ ބަލީގެ ހާލަތަށް ބަލައި، އިސްކަންދޭންޖެހޭ ފަރާތްތަކަށް އިސްކަންދޭ އުސޫލުން. އަދި ކޮވިޑް-19 ގެ ހާލަތަށް ރިޔާއަތްކޮށް އެއްތަންވުން ކުޑަކުރުމުގެ ގޮތުން ޚިދުމަތް ދެވޭނީ ޢަދަދު މަދުކޮށް، ދުވާލަކަށް ކަނޑައެޅޭ ވަކި ޢަދަދަކަށް. އަދި މެދުކަނޑާލާފައި އޮތް ފިޒިއޮތެރަޕީގެ ޚިދުމަތް ވެސް ފެށޭނެ.” އޭއީއެޗް ގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ހޮސްޕިޓަލުން ބުނީ ކުރިންވެސް އަޅާފައިވާ އުސޫލާއި އެއްގޮތަށް އޯޕީޑީ އޮންނަ ދުވަސްތަކުގައި މެއިން އެންޓެރެންސް ހެނދުނު 6 ން ހަވީރު 6 އަށް ހުޅުވާނެ ކަމަށެވެ.

ކޮވިޑުގެ ނާޒުކު މި ދަނޑިވަޅުގައި ޢާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފައިވާ އިރު، އޭއީއެޗުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

މި ދަނޑިވަޅުގައި ވެސް ބަލަމުން ދަނީ ސިއްހީ ފަރުވާގެ ޚިދުމަތް ވީހާވެސް ލުއި ފަސޭހަކޮށް ރަނގަޅު ފެންވަރުގައި ފޯރުކޮށްދިނުމަށް ކަމަށް ވެސް އޭއީއެޗުން ބުނެ އެވެ.

ރޯގާ ނުވަތަ އެނޫން ވެސް ކޮވިޑުގެ އެއްވެސް ޢަލާމާތެއް ހުންނަ ފަރާތްތަކުން ސީދާ ހޮސްޕިޓަލަށް އައުމުގެ ބަދަލުގައި ފްލޫ ކްލިނިކަށް ދިއުމަށް ވެސް އޭއީއެޗުން ވަނީ އެދިފަ އެެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.