ޔޫރޯ 2020: (ގުރޫޕް އީ) ސްޕެއިން – ޕޮލެންޑް

ޔޫރޯ 2020 ގެ ގްރޫޕް އީ ގައި މިރޭ ސްޕެއިނާއި ޕޮލެންޑް ބައްދަލުކުރާނެއެވެ. މި މެޗަކީ މި ދެ ޓީމަށްވެސް ވަރަށް މުހިންމު މެޗެކެވެ. ދެޓީމަށް ވެސް ދެވަނަ ބުރަށް ދިއުމަށް މިރޭގެ މެޗުން މޮޅެއް ހޯދަން މަޖުބޫރެވެ. މި ދެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗަށް ބަލާއިރު، ސްޕެއިނުން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 1-1 ގެ ނަތީޖާއަކުން ސްވިޑެންއާ އެއްވަރުވެފައިވާއިރު، ސްލޮވާކިއާއިން ވަނީ 1-0 ގެ ނަތީޖާއަކުން ޕޮލެންޑް ބަލިކޮށްފައެވެ. މިރޭގެ މެޗުން ޕޮލެންޑަށް މޮޅެއް ހޯދުން ނޫންގޮތެއް ނެތެވެ. މި މެޗުން ޕޮލެންޑް ބަލިވެއްޖެ ނަމަ މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް އެޓީމަށް ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެންދާނެއެވެ. އަދި ސްޕެއިން ވެސް މި މެޗުން ބަލިވެއްޖެ ނަމަ ދެވަނަ ބުރަށް ދިއުމަށް އޮތް އަމިއްލަ ބާރު ކެނޑިގެންދާނެއެވެ. އެހެން ކަމުން މިރޭގެ މި މެޗަކީ ދެ ޓީމުގެ ވަރުގަދަ ހަނގުރާމައަކަށް ވެގެންދާނެއެވެ.

ސްޕެއިން އަދި ޕޮލެންޑްގެ ތާރީޚީ ކުރިމަތިލުންތައް

އިޝްތިހާރު Below Header ad

ސްޕެއިން އަދި ޕޮލެންޑް މިހާތަނަށް 10 ފަހަރު ވަނީ ބައްދަލުކޮށްފައެވެ. މީގެ ތެރެއިން ސްޕެއިން 9 ފަހަރު މޮޅުވެފައިވާއިރު، ޕޮލެންޑް އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. އެއް މެޗުން ވަނީ އެއްވަރުވެފައެވެ. އެންމެ ފަހުން މި ދެޓީމު ބައްދަލުކޮށްފައިވަނީ 2010 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައެވެ. މި މެޗު 0-6 އިން ކާމިޔާބު ކޮށްފައިވަނީ ސްޕެއިނުންނެވެ.

ދެޓީމު އެންމެ ފަހުން ކުޅުނު 5 މެޗުގެ ނަތީޖާތައް

ސްޕެއިން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ވަނީ މޮޅުވެފައެވެ. ދެމެޗުން ވީއެއްވަރެވެ.

ޕޮލެންޑަށް ބަލާއިރު، އެޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެއްމެ މެޗަކުންނެވެ. ދެމެޗުން އެއްވަރުވިއިރު، ދެމެޗުން ވަނީ ބަލިވެފައެވެ.

ސްޕެއިން އަދި ޕލެންޑް ބައްދަލުކުރާ މި މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.