އީރާނުގެ ރިޔާސީ އިންތިޚާބުގައި އިބްރާހިމް ރައީސީ ކުރި ހޯއްދަވައިފި

އީރާނުގެ ރިޔާސީ އިންތިޚާބުގައި އިބްރާހިމް ރައީސީ ކުރި ހޯއްދަވައިފި އެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 28.6 މިލިއަން މީހުން ވަނީ ވޯޓްލާފަ އެވެ. އޭގެ ތެރެއިން ރައީސީ އަށް 17.8 މިލިއަން ވޯޓް ލިބިވަޑައިގެންފައި ވެއެވެ. އެއީ މިހައިތަނަށް ގުނާފައި ހުރި ވޯޓުގެ 62 އިންސައްތަ އެވެ.

އިޝްތިހާރު Below Header ad

އިއްޔެ ކުރިއަށް ދިޔަ މި އިންތިޚާބުގައި އަލްޓްރާ ކޮންޒަވޭޓިވް ކެންޑިޑޭޓް އިބްރާހިމް ރައީސީ ކުރި ހޯއްދަވާފައިވާ އިރު، އީރާންގެ އާބާދީގައި ހިމެނޭ 84.51 މިލިއަން މީހުންގެ ތެރެއިން ވޯޓްލާން ރަޖިސްޓަރީ ކޮށްފައިވަނީ 59.3 މިލިއަން މީހުން ނެވެ.

އެހެން ނަމަވެސް ވޯޓުލާން ނިކުތް ޖުމުލަ އަދަދު އަދިމިހައިތަނަށް ހާމައެއް ނުކުރެ އެވެ.

ޢުމުރުން 60 އަހަރުގެ ރައީސީ ވަނީ ފަނޑިޔާރެއްގެ ގޮތުގައި ގިނަ އަހަރުތަކެއްވަންދެން މަސައްކަތް ކުރައްވާފަ އެވެ.

ރައީސީއަކީ ދީނީ ތަޢުލީމާއި ޤާނޫނީ ދާއިރާއިން ތަޢުލީމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އާޔަތުﷲ ޚާމަނާއީއަށްފަހު އީރާނުގެ އެންމެ އިސްވެރިޔާގެ މަޤާމާ ޙަވާލުވެވަޑައިގަންނަވާނެކަމަށްވެސް އެންމެ ބޮޑަށް ބެލެވެނީ ރައީސީ އެވެ.

މިހާރު ވެރިކަމުގައި ހުންނެވި ހަސަން ރޫހާނީ އޯގަސްޓް މަހާއި ހަމައަށް މަގާމުގައި ދެމިހުންނަވާނެ އެވެ.

އީރާނުގެ މަޝްހަދަށް އުފަންވެވަޑައިގެންނެވި ރައީސީ ވަނީ 1979 ވަނަ އަހަރުގެ އިސްލާމީ އިންޤިލާބުގެ ދުވަސްވަރު ދަޢުލަތުގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފަ އެވެ.

އޭގެ ފަހުން އީރާނުގެ އެކި ސަރަޙައްދުތަކުގައި ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވި އިރު، ޕުރޮސެކިޔުޓަރުގެ ނައިބުގެ މަޤާމަށް ޢައްޔަންކުރުމުން އީރާނުގެ ވެރިރަށް ތެހްރާނަށް ރައީސީ ދިރިއުޅުން ބަދަލުކުރެއްވީ 1985 ވަނަ އަހަރުގެ ތެރޭގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.