ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ދިރިއުޅުއްވާ ގެކޮޅު، ކައިރީގައި ވެހިކަލް ޕާކްކުރުން މަނާކޮށްފި

ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ދިރިއުޅުއްވާ ގެކޮޅު، ކައިރީގައި ވެހިކަލް ޕާކްކުރުން މަނާކޮށްފި އެވެ.

އެގޮތުން ކުރީގެ ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ޕާކްކުރުން މަނާކޮށްފައިވާ އިރު، ކުރީގެ ރައީސް ވަހީދު، ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ހުރި ޕާކިންގ ޒޯނުތައްވެސް ހުސްކޮށް، ޕާކް ނުކުރެވޭ ގޮތް ހެދުމަށް މާލޭ ސިޓީ ކައުންސިލުން އަންނަނީ މަސައްކަތް ކުރައްވަމުން ނެވެ.

އިޝްތިހާރު Below Header ad

މިމަހުގެ 6 ވަނަދުވަހުގެ ރޭ އެއްޗެއް ނުރައްކާތެރި އެއްޗެއް ގޮއްވާލާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރައީސް ނަޝީދު ދިރިިއުޅުއްވާ ގެކޮޅު ކައިރީ ޕާކް ނުކުރެވޭގޮތަށް މިހާރުވަނީ ހަދާފަ އެވެ.

ރައީސްކަން ކުރެއްވި ބޭފުޅުން ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ޕާކްކުރުން މަނާކޮށްފައިވަނީ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ނުރައްކާތެރި ހަމަލާއާއި ގުޅިގެން ސެކިއުރިޓީގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުންނެވެ.

ކުރީގެ ރައީސުން ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ހުރި ޕާކިން ޒޯންތައް ނެގުމުގެ މަސައްކަތް ފަށާފައިވާއިރު، ސިޓީ ކައުންސިލުން ގެންދަނީ މިގޮތަށް ހުސްކުރެވޭ ޒޯންތަކުގެ ބަދަލުގައި ޕާކު ކުރެވޭނެ އިތުރު ގޮތްތަކެއްވެސް ތަނަވަސް ކޮށްދެއްވަމުން ނެވެ.

ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅުންގެ ގެކޮޅު ކައިރީގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް، ރައީސްކަން ކުރެއްވި އެއްވެސް ރައީސެއްގެ ގެކޮޅު ކައިރީގައި ޕާކް ނުކުރެވޭ ގޮތަށް ހެދުމަށް އެމްއެންޑީއެފްއިން މާލެ ސިޓީ ކައުންސިލުގައި އެދިފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ސީރިއަސް ޒަޚަމްތަކެއް ލިބިވަޑައިގެން ގިނަ ސާރޖަރީތަކެއް ވަނީ ހަދާފަ އެވެ.

ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފަ އެވެ.

މިތަކެތި ނެގުމަށް 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ޑޮކްޓަރުންގެ ޓީމުންވަނީ ކޮށްފަ އެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ރާއްޖެއިން ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާއަށް މިވަގުތު އެމަނިކުފާނު ހުންނެވީ ޖަރުމަނުގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.