ޚަބަރު ފީތާ

ހުޅުދޫ އާއި މީދޫގައި އޮތް މޮނިޓަރިންގ ހާލަތު އުވާލައިފި

ފައިލް ފޮޓޯ

އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫގެ މޮނިޓަރިންގެ ހާލަތު އުވާލައިފި އެވެ.

އައްޑޫ ސިޓީގައި ވަކިން އޮންނަ މި ދެރަށް މޮނިޓަރިންގ އަށް ލާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރުވަނީ އެ ދެ އަވަށް އިިތުރަށް މޮނިޓަރިންގގައި ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމާފަ އެވެ.

ހުޅުދޫ އާއި މީދޫގެ މޮނިޓަރިން އުވާލާފައި މިވަނީ އެ ދެ އަވަށުގައި ކޮވިޑް ކޭސްއެއް ނުފެނުނު ނަމަވެސް ހަރުކަށި ފިޔަވަޅުތައް އަޅާފައި އޮތުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.

ހުޅުދޫ އާއި މީދޫގައި ކޮވިޑް ޖެހުނު އެންމެން ބަލިން ފަސޭހަވެފަ އެވެ.

އައްޑޫ ސިޓީގައި 403 މީހަކަށް ވަނީ ކޮވިޑް-19 ބަލި ޖެހިފަ އެވެ. އޭގެ ތެރެއިން 304 މީހަކު ވަނީ ކޮވިޑް ބަލިން ފަސޭހަވެފަ އެވެ. މި ވަގުތު އައްޑޫ ސިޓީގައި ބަލި ތަހައްމަލު ކުރަމުންދާ ތިބީ 97 މީހަކެވެ. އަދި ހޮސްޕިޓަލުގައި އެކަކަށް ފަރުވާ ދެމުންދާއިރު މި ބަލީގައި އައްޑޫ ސިޓީން ދެ މީހަކު ވަނީ މަރުވެފަ އެވެ.

ހުޅޫދޫ އާއި މީދޫ މޮނިޓަރިންގ އިން ނެގިޔަސް އައްޑޫ ސިޓީގެ އެހެން އަވަށްތައް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.

Like
Like Love Haha Wow Sad Angry
1
%d bloggers like this: