ގައުމު ވަނީ ދަރަނިވެރިފަ، އެކަމަކު އެޗްއެމްއެފް ގެ ވޮލަންޓިއަރުންނަށް: ރައީސް ސޯލިހު

މިއަދު މި ގައުމު މިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް) ގައި މަސައްކަތްކުރާ ވޮލަންޓިއަރުންނަށް ދަރަނިވެރިވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެެވެ.

ރައީސް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ކުރިމަތިލާން ޖެހުނު އެންމެ ދަތި އުނދަގޫ ވަގުތުގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ވޮލަންޓިއަރ މަސައްކަތް ކޮށްދިން ހުރިހާ ފަރާތްތަކަށް ހިތުގެ އިހުލާސްތެރި ޝުކުރު ދަންނަވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އެ މަސައްކަތަކަށް ހިތްޕުޅުގެ އެންމެ ފުނުން ޝުކުރު އަދާކުރައްވާ ކަމަށާއި އެ މަސައްކަތްތެރިންގެ ހިތްވަރުން ގައުމު ކޮވިޑްގެ ވަބާއިން އަރައިގަނެވެމުން އަންނަ ކަމަށް ވެސް ޓްވީޓުގައި ވަނީ ވިދާޅުވެފަ އެވެ.

”ވޮލެންޓިއަރުންގެ މަސައްކަތަށް ގައުމު ޝުކުރުވާއިރު އެ ފަރާތްތަކުން ކޮށްދިން ބުރަ މަސައްކަތުގެ އަގު ވަޒަން ނުކުރެވޭނެ.” ރައީސް ވިދާޅުވެފައި ވެއެވެ.

ރައީސް ސޯލިހު މިފަދައިން ޓްވީޓު ކުރައްވާފައިވާ އިރު، އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ފަޒްނާ އަދުމަދު ވެސް ވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި މެދު ނުކެނޑި ހަތަރު ހަފްތާގައި މަސައްކަތް ކުރައްވާފަ އެވެ.

ފަޒްނާ ވިދާޅުވީ އެކަމަނާއަށް ވުރެ އުމުރުގެ ގޮތުން ހަގު ވޮލަންޓިއަރުން އެ ތަނުގައި އެކުގައި މަސައްކަތް ކުރި ކަމަށާއި ނަމަވެސް އުމުރުގެ ތަފާތު އިހުސާސްވެ ވަޑައިނުގަންނަވާ ވަރަށް އެންމެން ވެސް ގުޅޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.