ޖަރުމަން، ޕޯޗުގަލް މެޗު ސްޓްރީމްކޮށްލަން ދިރާގުގެ މި ފުރުސަތު ވަރަށް ސަޅި!

މިހާރުކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަނާއި ޕޯޗުގަލް ބަލައިލުމަށް (ސްޓްރީމްކޮށްލުމަށް) ދިރާގުން ޚާއްސަ ފުރުސަތެއް ހުޅުވާލައިފި އެވެ.

މިއީ މިރޭ ޕޯޗުގަލް އާއި ޖަރުމަނު ވިލާތު ވާދަކުރާ ފޯރިގަދަ މެޗް ބަލާލުމަށް ލިބިގެންދާނެ ރަނުގެ ފުރުޞަތެކެވެ.

އިޝްތިހާރު Below Header ad

ދިރާގުން ބުނީ ޔޫރޯ 2020 މެޗްތައް މޮބައިލް ފޯނުން ސްޓްރީމް ކޮށްލުމަށް ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންއެއް އެކްޓިވޭޓްކޮށްލައިގެން %50 އިތުރު ޑޭޓާ ޖޫން މަހުގެ ނިޔަލަށް ލިބޭނެ ކަމަށެވެ.

މޮބައިލް ފޯނުތަކުން ސްޓްރީމް ކުރުން އިތުރު ވެފައިވާ މި ދަނޑިވަޅުގައި ދިރާގު ޕްލޭ އެޕް މެދުވެރިކޮށް ޔޫރޯގެ މެޗްތައް މޮބައިލް ފޯނުން ސްޓްރީމް ކޮށްގެން ބަލާލުމަށް ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭނެއް އެކްޓިވޭޓް ކުރުމަށްފަހު “ސްޓްރީމިންގ ޕަރކް” ޚިޔާރުކޮށްލައިގެން 1 ޖީބީ ހިލޭ ޑޭޓާ ސްޓްރީމް ކޮށްލަން ލިބޭނެ އެވެ.

ދިރާގު ޕްލޭ އެޕުން މި މެޗުތަކާއި މުނިފޫހިފިލުވުމުގެ ގިނަ ޗެނަލްތައް މޮބައިލް ފޯން ފަދަ ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެވެސް ބަލާލެވޭނެ އެވެ. ދިރާގު ޕްލޭގެ މަހު ފީ އަކީ ޖީ. އެސް. ޓީ އާ ނުލާ މަހަކު އެންމެ 65 ރުފިޔާ އެވެ.

ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް، އެސް. އެމް. އެސް އަދި ޑޭޓާ، ހަމަ އެންމެ ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެ އެވެ. އަދި އިތުރު ހިލޭ “ޕަރކްސް” ވެސް ލިބިގެންދާނެ އެވެ.

މި ހިލޭ ޕަރކްސްގެ ސަބަބުން ކަސްޓަމަރުންނަށް ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިންގ ޚިދުމަތްތައް ބޭނުންކުރަން ވަކި ވަކި އެޑް-އޮންސް ގަންނާކަށް ނުޖެހޭނެ އެވެ. އެހެންކަމުން، އެންމެ އެކްޓިވޭޝަނަކުން ގިނަ ކަންތައްތައް ކޮށްލެވޭނެ އެވެ.

ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް 250 ރުފިޔާ އިން ފެށިގެން އެކްޓިވޭޓް ކުރެވޭނެ އެވެ. ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކޮށްލުމަށް ދިރާގު މޯބައިލް އެޕުން ނުވަތަ ކޮމްބޯ ޕްލޭންގެ ކީވޯޑް ޖެހުމަށްފަހު 343 އަށް އެސް.އެމް.އެސް ފޮނުވުމުން ވެސް އެކްޓިވޭޓް ވާނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށެވެ. އަދި ދިވެހިންގެ ތެރޭގައި އެންމެ ފަހުގެ އަދި މަޤުބޫލު މުނިފޫހިފިލުވުގެ ހަރަކާތްތައް ޑިޖިޓަލް ޒަރިއްޔާ މެދުވެރިކޮށް ގެނެސްދިނުމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.