ޔޫރޯ 2020: (ގުރޫޕް އެފް) ފްރާންސް – ހަންގޭރީ

ޔޫރޯ 202 ގެ ގްރޫޕް އެފްއަކީ މިފަހަރުގެ މުބާރާތުގައި އެންމެ ވަރުގަދަ ޓީމުތައް ހިމެނޭ ގުރޫޕެވެ. އެގޮތުން ގުރޫޕް އެފް ހިމެނެނީ މިފަހަރުގެ މުބާރާތުގައި މަރުގެ ގުރޫޕުގެ ގޮތުގައެވެ. އެގޮތުން ފްރާންސްއާއި ހަންގޭރީ މިއަދު 6 ޖަހާއިރު ބައްދަލުކުރާ މެޗަކީ ވަރަށް ވަރުގަދަ އަދި ފޯރިގަދަ މެޗަކަށް ވެގެންދާނެކަން ޔަގީނެވެ. މި މެޗަށް ދެޓީމު ނިކުންނައިރު، ފްރާންސް ކުޅުނު ފުރަތަމަ މެޗުން އެޓީމު ވަނީ މޮޅުުވެފައެވެ. އަދި ހަންގޭރީ ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ. މި މެޗުން ފްރާންސް މޮޅުވެއްޖެ ނަމަ އެ ޓީމަށް ދެވަނަބުރު ކަށަވަރުވީއެވެ. އަދި ހަންގޭރީ ބަލިވެއްޖެ ނަމަ ދެވަނަބުރުގެ ޗުރުސަތު އެޓީމަށް ގާތްގަނޑަކަށް ގެއްލުނީއެވެ. އެހެން ކަމުން މި މެޗުން މޮޅުވުން ހަންގޭރީއަށް މަޖުބޫރެވެ.

ގުރޫޕް އެފްއަށް ބަލާއިރު މި ވުރޫޕުގެ އެއްވަނާގައި ތިން ޕޮއިންޓާއި އެކު މިވަގުތު އޮތީ ޕޯޗުގަލް އެވެ. ފްރާންސްއަށް ވެސް ތިން ޕޮއިންޓު ލިބިފައިވާއިރު، އެޓީމަށް ގުރޫޕުގެ ދެވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.

އިޝްތިހާރު Below Header ad

ފްރާންސް އަދި ހަންގޭރީގެ ތާރީޚީ ކުރިމަތިލުންތައް

މި ދެ ޓީމު މިހާތަނަށް 22 ފަހަރު ބައްދަލުކޮށްފައިވެއެވެ. މީގެތެރެއިން ހަންގޭރީ މޮޅުވެފައިވަނީ 12 ފަހަރެވެ. އަދި ފްރާންސް މޮޅުވެފައިވަނީ 8 ފަހަރެވެ. އެއްވަރު ވެފައިވަނީ 2 ފަހަރުއެވެ.

ދެޓީމު އެންމެ ފަހުން ކުޅުނު 5 މެޗުގެ ނަތީޖާތައް

ފްރާންސް އެންމެ ފަހުން ކުޅުނު ފަސް މެޗަށް ބަލާއިރު، އެޓީމުން ވަނީ ފަސް މެޗުން ވެސް މޮޅުވެފައެވެ. އަދި ހަންގޭރީ ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ 3 މެޗުންނެވެ. އެއް މެޗުން އެއްވަރުވި އިރު، އެއް މެޗުން ވަނީ ބަލިވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.