ކޮޕަ އެމެރިކާ: އާޖެންޓީނާ އިން އުރުގުއޭ ބަލިކޮށް އިތުބާރު ބޮޑުކޮށްފި

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި މިއަދު ކުޅުނު މެޗްގައި އުރުގުއޭގެ މައްޗަށް އާޖެންޓީނާ އިން ކުރި ހޯދައިފި އެވެ.

މި މެޗް އުރުގުއޭ އާ ވާދަކޮށް އާޖެންޓީނާއިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު Below Header ad

އާޖެންޓީނާ އާއި އުރުގުއޭ ވާދަކުރި މެޗްގައި އާޖެންޓީނާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 13 ވަނަ މިނެޓްގައި ކެޕްޓަން ލިއޮނަލް މެސީ ދިން ބޯޅައަކުން ކާމިޔާބުކުރީ ސްޕެއިންގެ ރެއާލް ބެޓިސް އަށް ކުޅެމުން އަންނަ މިޑްފީލްޑަރު ގީޑޯ ރޮޑްރިގޭޒް އެވެ.

ރޭގެ މެޗުން ހޯދި މޮޅާއި އެކު އާޖެންޓީނާ މިހާރު އޮތީ ކުޅުނު ދެ މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގަ އެވެ. މި ގްރޫޕްގެ ދެވަނައިގައި އޮތީ ރޭ ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗްގައި ބޮލީވިއާ އާ ވާދަކޮށް 0-1 އިން ކުރި ހޯދި ޗިލީ އެވެ. ޗިލީ ވެސް ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. މި ގްރޫޕްގެ ތިންވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ޕެރަގުއޭ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.