ޚަބަރު ފީތާ

ޔޫރޯ 2020: ސްކޮޓްލެންޑުން އިންގްލެންޑް މޮޅުވިޔަނުދީ ހިފަހައްޓައިފި

ޔޫރޯ 2020 ގެ ގްރޫޕް ޑީ ގައި ރޭ އިންގްލެންޑާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއިންނެވެ.

މި މެޗު ފެށިގެން ރަނގަޚް ކުޚެމުން އައީ އިންގްލެންޑުންނެވެ. އެގޮތުން އެޓަިމުން ފޮނުވާލި ހަމަލާއެއް ސްކޮޓްލެންޑްގެ ގޯލުގެ ދަނޑިއަށް ވެސް ވަނީ އަމާޒުވެފައެވެ. މީގެއިތުރުން ސްކޮޓްލެންޑުންވެސް ވަނީ އިންގްލެންޑްގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން އެ ޓީމުގެ ފޯވާޑް ޗޭ އެޑަމްސް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ އިންގްލެންޑުގެ ގޯލްކީޕަރު ޕިކްފޯޑެވެ.

މި މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފު ފަށައިގެން ދެވަނަ މިނެޓުގައި އިންގްލެންޑުގެ މޭސަން މައުންޓަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ނަމަވެސް މި ފުރުސަތުގެ ބޭނުން ނުހިފުނުއިރު، ސްކޮޓްލެންޑްގެ އެޑަމްސް ވެސް ވަނީ އިންގްލެންޑްގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެހެން ނަމަވެސް އެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

ރޭގެ މި ނަތީޖާއާއެކު އިންގްލެންޑް މިވަގުތު އޮތީ ގްރޫޕް ޑީ ގެ ދެވަނައިގައި 4 ޕޮއިންޓާއި އެކުގައެވެ. އެއްވަނައިގައި އޮތް ޗެކް ރިޕަބްލިކަށްވެސް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އިންގްލެންޑަށް ގިރޫޕުގެ އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. މި ގުރޫޕުގެ ތިންވަނައިގައި އޮތް ކްރޮއޭޝިއާ އާއި ހަތަރުވަނައިގައި އޮތް ސްކޮޓްލެންޑަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: