ހެލްތު މިނިސްޓަރ ނަސީމް، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހާޒިރުކުރަނީ!

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

މިނިސްޓަރ ނަސީމް އެ ކޮމެޓީއަށް ހާޒިރުކުރަނީ، ފަރުވާ ލަސްވެގެން މަރުވި ފާތިމަތު މިޝްކާގެ މަރުގެ މައްސަލައާ ގުޅިގެން ނެވެ.

އިޝްތިހާރު Below Header ad

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރ ނަސީމު ހާޒިރު ކުރަނީ އަންނަ ހަފްތާގަ އެވެ. ނަމަވެސް އެ ބައްދަލުވުން ބާއްވާނެ ދުވަހާއި ގަޑި އަދި ކަނޑައަޅާފައެއް ނުވެއެވެ.

ހިއުމަން ރައިޓްސް ކޮމިޓީއަށް، ނަސީމް ހާޒިރުކުރަން ނިންމާފައި މިވަނީ މިޝްކާގެ މަރުގެ މައްސަލައިގެ އިހުމާލުތައް ބެލުމަށް ކުރިއަށް ގެންދާ ތަހުގީގު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ނަސީމް ވިދާޅުވެފައި ވަނިކޮށެވެ.

މިމަހުގެ 7 ވަނަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނަސީމް ވިދާޅުވެފައިވަނީ، މިޝްކާގެ މަރާ ގުޅިގެން ކަން ހިނގައިދިޔަ ގޮތް ބެލުމަށް ހެލްތު މިނިސްޓްރީން ހެދި ރިވިއުގައި މިހާތަނަށް ފާހަގަވެފައިވާ ކަންކަން ވަރަށް ތަފްސީލްކޮށް ހިމަނާފައިވާ ކަމަށެވެ. އަދި މިފަދަ ހާދިސާއެއް ކުރިއަށްއޮތް ތަނުގައި މެދުވެރިނުވާނެކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހުގެ ރޭ 12:10 ހާއިރު މަރުވި މިޝްކާގެ ކޭސް އާ ގުޅިގެން އެތައް ބަޔަކު ވަނީ މިނިސްޓަރު ނަސީމް އިސްތިއުފާ ދިނުމަށް ވެސް ގޮވާލާފަ އެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ ނަސީމް ވިދާޅުވެފައިވަނީ އެ މައްސަލަ ބަލާއިރު، އެމަނިކުފާނުގެ އިހުމާލެއް އޮތްތޯ ވެސް ބަލަމުންދާ ކަމަށާއި އިހުމާލެއް އޮތްނަމަ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކޮމިޓީގެ އިތުރު ބައްދަލުވުމެއް އިއްޔެ ހަވީރު 4.00 ބާއްވަން ނިންމިނަމަވެސް ކޮމިޓީގެ މަސައްކަތް ހުރި ދަތިތަކުގެ ސަބަބުން އިއްޔެ ކޮމިޓީގެ ބައްދަލުވުން ބާއްވާފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.