ޔޫރޯ 2020: ސްލޮވާކިއާ ބަލިކޮށް ސްވިޑެންއިން ދެވަނަ ބުރުގެ އުންމީދު އާކޮށްފި

ޔޫރޯ 2020 ގެ ގްރޫޕް އީ ގައި މިއަދު ސްލޮވާކިއާ ބަލިކޮށް ސްވިޑެންއިން ދެވަނަ ބުރަށް ދިއުމުގެ އުންމީދު އާކޮށްފިއެވެ.

މިއަަދު ހަވީރު ރަޝިއާގެ ކްރެސްޓޮވްސްކީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސްވިޑެންއިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު Below Header ad

ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަކުޅުމެކެވެ. އެއްވެސް ޓީމަކަށް ފުރަތަމަ ހާފުައި ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި އެއްވަރެއްގައި  އޮވެ ނިމުނުއިރު، ފަހުހާފަށް ކުޅެން ނިކުމެވެސް ދެޓީމުން ކުޅެމުން ގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މި ހާފުގައި ލަނޑުޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައީ ސްވިޑެންގެ ލުޑްވިގް އައުގަސްޓިންސަން އަށެވެ. ނަމަވެސް އޭނާ ގޯލު ކުރިމަތީ ހުހަށް ހުރެ ބޮލުން ފޮނުވާލި މި ހަމަލާގެ ހުރަހަކަށްވީ ސްލޮވާކިއާގެ ކީޕަރު މަރްކް ރޮޑާކް އެވެ.

މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ސްވިޑެން އިން ކާމިޔާބު ކުރިއިރު، މިއީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރި ލަނޑެކެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން އެމިލް ފޯސްބާގް އެވެ. ސްވިޑެންއަށް މި ޕެނަލްޓީ ލިބުނީ ސްލޮވާކިއާގެ ކީޕަރު ރޮޑާކް ސްވިޑެންގެ ކުޅުންތެރިއަކަށް އޭރިޔާ ތެރެއިން ކުރި ފައުލަކާއި ގުޅިގެންނެވެ.

މި ނަތީޖާއާއެކު ސްވިޑެން އޮތީ ލިބުނު ހަތަރު ޕޮއިންޓާއި އެކު ގުރޫޕުގެ އެއްވަނާގައެވެ. ސްލޮވާކިއާ އޮތީ ތިން ޕޮއިންޓާއިއެކު ގުރޫޕުގެ ދެވަނާގައެވެ. އަދި ސްޕެއިން އޮތީ އެއް ޕޮއިންޓާއި އެކު ގުރޫޕުގެ ތިންވަނާގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.