ޚަބަރު ފީތާ

ވިމްބަލްޑަން އާއި ޓޯކިޔޯ އޮލިމްޕިކްސްގައި ބައިވެރި ނުވާނެ ކަމަށް ރަފެލް ނަޑާލް ބުނެފި

ވިމްބަލްޑަން އާއި ޓޯކިޔޯ އޮލިމްޕިކްސްގައި ބައިވެރި ނުވާނެ ކަމަށް ރަފެލް ނަޑާލް ބުނެފި އެވެ.

އޭނާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ މިއަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތާއި ޓޯކިޔޯ އޮލިމްޕިކްސް ގައި އޭނާ ބައިވެރިނުވާން ނިންމާފައިވާ ކަމަށެވެ. އަދި މިއީ ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ.

އެހެންނަމަވެސް މިގޮތަށް ނިންމީ ޓީމުގެ މަޝްވަރާގެ މަތީން ކަމަށާއި މިއީ މިވަގުތަށް އެންމެ ރަނގަޅުގޮތް ކަމަށް ދެކޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް 20 ފަހަރު ކާމިޔާބުކޮށްފައިވާ ނަޑާލް ގެ މި ނިންމުމަކީ ގިނަ ބަޔަކަށް ހައިރާންކަމެއް ގެނުވި ނިންމުމެކެވެ. ނަމަވެސް މިއީ ކޮވިޑުގެ ހާލަތު ކަމުން އޭނާގެ މި ނިންމުމަކީ ބައެއް ފަރާތްތަކަށް ރަނގަޅު ނިންމުމަކަށް ވާނެއެވެ.

ވިމްބަލްޑަން މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ ޖޫން 28 ން ޖުލައި 11 އަށެވެ. އަދި ޓޯކިޔޯ އޮލިމްޕިކްސްގެ ޓެނިސް އިވެންޓު ބޭއްވުމަށް ނިންމާފައިވަނީ ޖުލައި 23 ން އޯގަސްޓު 8 އަށެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: