ޚަބަރު ފީތާ

އަހަރެންގެ އުމުރު މަތި ވިޔަސް ހަށިގަނޑު އަދިވެސް ވަރަށް ވަރުގަދަ: 98 އަހަރުގެ ކަންގފޫ ފައިޓަރ

ޗައިނާގެ ޒެޖިއަންގ ޕްރޮވިންސްގައި ބާއްވާ މާޝަލް އާޓްސް މުބާރާތަކީ އެތައް ބައެއްގެ ހުނަރު ދައްކާލައި، ތެޅުމުގައި އެތައް ކާމިޔާބީއެއް ހޯދުމަށް މަގުފަހި ކޮށްދޭ މުބާރާތެކެވެ. ޗައިނާގެ އެކި ހިސާބުތަކުން މާޝަލް އާޓްސްއަށް ޝައުގު ހުންނަ ޒުވާނުން މި މުބާރާތުގައި އެމީހުންގެ ޤާބިލުކަމާއި ކުޅަދާނަކަން ދައްކާލައެވެ.

އެހެން ނަމަވެސް، މިފަހަރުގެ މުބާރާތުގައި އެންމެން ހައިރާން ކުރުވައި، އެންމެންގެ ސަމާލުކަން ހޯދީ، އުމުރުން 98 އަހަރުގެ މާމައެކެވެ.

ކަންގފޫގެ ކުޅަދާނަ އެތައް ހަރަކާތަކާއެކު 98 އަހަރުގެ ޒަންގް ހެޒިއަން ވަނީ މުބާރާތުގެ އެހެން ބައިވެރިންނާއި ޖަޖުން، އަދި ބެލުންތެރިން ވެސް ހައިރާން ކުރުވާފައެވެ. “ކަންގފޫ މާމަ”ގެ ނަމުން މަޝްހޫރު ވެފައިވާ ޒަންގ ބުނެފައި ވަނީ، އޭނާ ކަންގފޫއަށް ތަމްރީން ކުރަން ފަށާފައި ވަނީ އުމުރުން އެންމެ 5 އަހަރުގައި ކަމަށެވެ. އެއައް ފަހު އޭނާގެ ހަޔާތުގައި ކޮންމެ ދުވަހަކުވެސް ތަމްރީން ކުރާ ކަމަށާއި، ބަލިވިޔަސް އެންމެ ދުވަހެއްވެސް ދޫކޮށްނުލާ ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން އޭނާ ބުނެފައި ވަނީ، މިއަދު އޭނާގެ އުމުރުން ދުވަސްވެފައިވި ނަމަވެސް އެނާގެ ހަށިގަނޑު އަދިވެސް ވަރަށް ވަރުގަދަ ކަމަށެވެ.

Like
Like Love Haha Wow Sad Angry
3
%d bloggers like this: