ޚަބަރު ފީތާ

ޔޫރޯ 2020: (ގުރޫޕް ޑީ) ކްރޮއޭޝިއާ – ޗެކް ރިޕަބްލިކް

ޔޫރޯ 2020 ގެ ގްރޫޕް ޑީ ގައި ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް މިރޭ ބައްދަލުކުރާނެއެވެ. މި މެޗަށް ޗެކް ރިޕަބްލިކް އަދި ކްރޮއޭޝިއާ ނިކުންނައިރު، .ި މެޗު ބޮޑަށް މުހިންމީ ކްރޮއޭޝިއާއަށެވެ. އެއީ އެޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައި ވުމުންނެވެ. މިރޭގެ މެޗުން ކްރޮއޭޝިއާ ބަލިވެއްޖެ ނަމަ އެޓީމަށް ދެވަނަ ބުރުގެ ފުރުސަތު ގާތްގަނޑަކަށް ބަންދުވީއެވެ. އެހެން ކަމުން މި މެޗަކީ ކްރޮއޭޝިއާއަށް ވަރަށް މުހިންމު މެޗަކަށް ވާނެއެވެ. މިރޭ ކްރޮއޭޝިއާއި ދެކޮޅަށް ނިކުންނަ ޗެކް ރިޕަބްލިކް ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައެވެ. އެހެން ކަމުން މިރޭގެ މެޗުން އެޓީމު މޮޅުވެއްޖެ ނަމަ ދެވަނަ ބުރުގެ ޖާގައެއް ޔަގީންވެގެންދާނެއެވެ. އެހެން ކަމުން މިރޭގެ މެޗުގެ ޕްރެޝަރ ބޮޑަށް އޮތީ ކްރޮއޭޝިއާއަށެވެ.

ކްރޮއޭޝިއާ އަދި ޗެކް ރިޕްބްލިކް ހިމެނޭ ގުރޫޕް ޑީއަށް ބަލާއިރު، މި ގުރޫޕުގެ އެއްވަނާގައި މިވަގުތު އޮތީ ޗެކް ރިޕަބްލިކް އެވެ. އިންގްލެންޑަށް ވެސް ޗެކް ރިޕަބްލިކާއި އެއްވަރަށް ޕޮއިންޓް ލިބިފައިވާއިރު، އިންފްލެންޑް ގުރޫޕްގެ ދެވަނާގައި އޮތީ ގޯލުގެ ތަފާތުންނެވެ.

ކްރޮއޭޝިއާ އަދި ޗެކް ރުޕަބްލިކްގެ ތާރީޚީ ކުރިމަތިލުންތައް

ކްރޮއޭޝިއާ އަދި ޗެކް ރުޕަބްލިކް މިހާތަނަށް ބައްދަލުކޮށްފައިވަނީ އެންމެ ތިން ފަހަރުއެވެ. އޭގެތެރެއިން ކްރޮއޭޝިއާ އެއް ފަހަރު މޮޅުވިއިރު، އަނެއް ދެމެޗު ވަނީ އެއްވަރުބެފައެވެ.

ދެ ޓީމު އެންމެ ފަހުން ކުޅުނު 5 މެޗުގެ ނަތީޖާތައް

ކްރޮއޭޝިއާ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު، ދެ މެޗުން ވަނީ ބަލިވެފައެވެ. އެއް މެޗުން ވީ އެއްވަރެވެ.
ޗެކް ރިޕަބްލިކް ވެސް އެޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު، ދެ މެޗުން ވަނީ ބަލިވެފައެވެ. އެއް މެޗުން އެއްވަރުވިއެވެ. ދެޓީމު އެންމެ ފަހުން ކުޅުނު މެޗުތަކުގެ ރެކޯޑަށް ބަލާއިރު ދެ ޓީނުވެސް ހަމަހަމައެވެ.

ކްރޮއޭޝިއާ އަދި ޗެކް ރިޕަބްލިކް ބައްދަލުކުރާ މި ފޯރިހަދަ މެޗު ފަށާނީ މިރޭ ރާއްޖޭގަޑިން 9 ޖަހާއިރުގައެވެ.